އެމްއެންޑީއެފްގެ އެއާ ކޯގެ ފުރަތަމަ އެއާ ސްޓޭޝަން ގާއިމްކުރަން ސަރުކާރުން ނިންމަވައިފި

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ އެއާ ކޯގެ ފުރަތަމަ އެއާ ސްޓޭޝަން ގާއިމުކޮށް ހިދުމަތް ފެށުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން މިއަދު ނިންމަވައިފި އެވެ.އެމަނިކުފާނު އެގޮތަށް ނިންމެވީ ޤާނޫނުއަސާސީގެ 106 ވަނަ މާއްދާގެ (ށ) އާއި، 115 ވަނަ މާއްދާގެ (ޓ) އާއި، ޤާނޫނު ނަންބަރު 2008/1 (ސިފައިންގެ ޤާނޫނު) ގެ 9 ވަނަ މާއްދާއިން ލިބިދޭ ބާރާއި އިހުތިޔާރުގެ ދަށުންނެވެ.އެގޮތުން ދިވެހީންގެ ދީނާއި ދިވެހީންގެ މިނިވަންކަމާއި ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ނަގަހައްޓައި ދެމެހެއްޓުމަށް ޓަކައި ދިވެހިރާއްޖޭގެ ވައިގެ ސަރަޙައްދާއި، ރާއްޖޭގެ ހާއްސާ އިގުތިސާދީ ސަރަޙައްދު ބެލެހެއްޓުމަށާއި، ރާއްޖޭގެ ސަރަޙައްދުގައި ވައިގެ ވަސީލަތްތައް ބޭނުންކޮށްގެން ހިންގަންޖެހޭ އޮޕަރޭޝަންތައް ހިންގުމަށާއި، ރެޔާއި ދުވާލު ސައުވީސްގަޑިއިރު ހުއްޓުމެއް ނެތި ރާއްޖޭގެ ވައިގެ ސަރަހައްދު ދިފާޢުކޮށް ބެލެހެއްޓުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި އަސްކަރިއްޔާއާ މަތިކުރެވިފައިވާ ޒިންމާއާއި ވާޖިބު އެންމެ ފުރިހަމަގޮތުގައި އަދާކުރުމަށްޓަކައި އެއާ ކޯގެ ފުރަތަމަ އެއާ ސްޓޭޝަން ޤާއިމުކޮށް، އެތަނޔގެ ހިދުމަތް ފެށުމަށް މި ސިފައިންގެ މައްޗަށް އަންގައި އަމުރުކުރާ ކަމަށް ގަރާރުގައިވެ އެވެ.މީގެ ކުރިން ވެސް އެކި ނަންނަމުގައި ދިވެހި ސިފައިންގެ ތެރޭގައި ވައިގެ ސިފައިންގެ ޔުނިޓުތައް ހިންގި އެވެ. އެކަމަކު، އޭރު އެފަދަ އޮޕަރޭޝަންތަކުގައި ވަރަށް ބޮޑަށް ބަރޯސާވެފައި އޮތީ ބޭރުގެ ގައުމުތަކަށެވެ.އެއާ ކޯގެ ހިދުމަތް ފެށުމަށްޓަކައި އަސްކަރީ ޑްރޯން ނުވަތަ އަންމޭޑް އޭރިއަލް ކޮމްބެޓް ވެހިކަލް (ޔޫއޭވީ) މިދިޔަ އަހަރު ވަނީ ރާއްޖެ ގެނެސްފަ އެވެ. އެއީ ތުރުކީން ގަނެފައިވާ ތިން ޑްރޯން އެވެ. އަދި ބަޖެޓް ލިބޭ މިންވަރަކުން އިތުރު ސާމާނު ގެންނާނެ ކަމަށް އެމްއެންޑީއެފުން ކުރިން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ