ދަރިވަރުންތަކަކަށް ބަރަހަނާ މަންޒަރު ދައްކައި، ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ދިވެހި ޓީޗަރެއް ހައްޔަރަށް
ދެކުނުގެ ރަށެއްގައި ދަރިވަރުންތަކަކަށް ބަރަހަނާ މަންޒަރު ދައްކައި، ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ދިވެހި ޓީޗަރަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ، ދެކުނުގެ ރަށެއްގައި ސުކޫލު ޓީޗަރަކު ފިރިހެން ދަރިވަރުންތަކަކަށް އޮރިޔާން މަންޒަރު ހިމެނޭ ވީޑިއޯ ދައްކައި، ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިދިޔަ އާދިއްތަ ދުވަހު އެޑިއުކޭޝަން މިނިސްޓްރީން ހުށަހެޅި ކަމަށެވެ. އެ ތުހުމަތުގައި ފުލުހުން ވަނީ، ކޯޓު އަމުރެއްގެ ދަށުން 40 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. މިދިޔަ މަހު 22ގައި ވެސް ވަނީ، ޓިއުޝަންދޭން ގޮސް ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ޓީޗަރަކު ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދަށް ކޯޓުން ވަނީ، 30 ދުވަސް ޖަހާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ