ސަރުކާރުގެ މަސް ކުންފުނި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާކުރުމަށް މިފްކޯގެ ޑިރެކްޓަރުންގެ ބޯޑަށް މަސްވެރިއަކު މިއަދު ހަމަޖައްސައިފި އެވެ.
އެނގުން މުހިންމު - މިފްކޯ ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާކުރުމަށް އެ ކުންފުނީގެ ބޯޑަށް މަސްވެރިންގެ ތެރެއިން މީހުން އައްޔަން ކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދެކެވެ.
މިފްކޯގެ ބޯޑުގައި މަސްވެރިން ތަމްސީލްކުރާނޭ ފަރާތްތައް ހޯދުމަށް މީގެ ކުރިން އިއުލާން ވެސް ކުރި
ތަފްސީލް - ސަރުކާރު ކުންފުނިތައް ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ން މިއަދު ހާމަކުރި ގޮތުގައި މަސްވެރިންގެ ތެރެއިން މިފްކޯގެ ބޯޑަށް ހަމަޖައްސާފައި ވަނީ:
ރީޝަމް މުހައްމަދު ޝަރީފް، ރިހިވެލި، ގދ.ތިނަދޫ
ރީޝަމްއާ އެކު މިފްކޯގެ ބޯޑުގައި މިހާރު ތިއްބަވަނީ ހަ ޑިރެކްޓަރުންނެވެ. ކުންފުނީގެ ޗެއާމަން ހިމެނޭ ގޮތުން އެ ކުންފުނީގެ ބޯޑްގެ ތިން މަގާމެއް އަދި އޮތީ ހުސްކޮށެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް މިއަހަރުގެ ތެރޭ ވަނީ ކުރީގެ ބްރިގޭޑިއާ ޖެނެރަލް ފަރުހަތު ޝަހީރު އައްޔަންކޮށްފަ އެވެ. ދެން އެ ބޯޑުގައި ތިއްބަވަނީ:
ސަލާހު ޝަރީފް
ޝަޒްނާ މުހައްމަދު
ޒުލައިހާ ޔޫމީ ރަޝީދު
ޝިމާޒް
މިފްކޯގެ ބޯޑަށް މަސްވެރިއަކު ހަމަޖައްސައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ