ވަޓްސްއެޕްގެ ލިކުއިޑް ގްލާސް ޑިޒައިން އަޕްޑޭޓް ތައާރަފުކޮށްފި
ވަޓްސްއެޕްގެ ލިކުއިޑް ގްލާސް ޑިޒައިން އަޕްޑޭޓް ތައާރަފުކޮށް މިހާރު ބައެއް ޑިވައިސްތަކަށް ދޫކުރަން ފަށައިފިއެވެ. ވަޓްސްއެޕްގެ މުޅިން އާ މި ޑިޒައިން މިހާރު ދޫކުރަނީ ހަމައެކަނި އައިއޯއެސް ބޭނުންކުރާ މީހުންނަށެވެ. މި އާ ޑިޒައިން "ލިކުއިޑް ގްލާސް ޔޫއައި" ދޫކުރަން ފަށާފައިވާއިރު، މި އަޕްޑޭޓާއެކު، ޗެޓް ލިސްޓްގެ މަތީގައި ''ފްލޯޓް''ކުރާ, ރީޑިޒައިންކޮށްފައިވާ ޓެބް ބާއެއް ފެންނަން ފަށާނެއެވެ. މި އަޕްޑޭޓަކީ އެޕަލްއިން އައިއޯއެސް 26 އާއެކު ތައާރަފުކުރި ލިކުއިޑް ގްލާސް ޑިޒައިނާ އެއްގޮތްވާ ގޮތަށް ވަޓްސްއެޕްއަށް ގެނެސްފައިވާ ބަދަލެކެވެ. އާ ޑިޒައިން ލިބުމާއެކު، ޔޫޒަރުންނަށް ސެމީ-ޓްރާންސްލޫސެންޓް ޔޫއައި (އެތެރެފެންނަ ބިއްލޫރިހެން ހުންނަ) އެލިމެންޓްތަކާއި، އެފަދަ އިތުރު އެނިމޭޝަންތައް ފެންނާނެއެވެ. މީގެ އިތުރުން، އައިއޯއެސް 26ގެ ވިޝުއަލް ލެންގުއޭޖް ހައިލައިޓްކުރާ ރީޑިޒައިންކޮށްފައިވާ ޓެބް ބާއެއް ވެސް ފެންނާނެއެވެ. ޑިޒައިންގެ މި ބަދަލުތަކުގެ ތެރޭގައި، ވަޓްސްއެޕްގެ އައިއޯއެސް ވާޝަން 25.28.75 އަށް ލިކުއިޑް ގްލާސް ޔޫއައި ގެނެސްފައިވާ ކަމަށް ވަޓްސްއެޕްގެ މިފަދަ މައުލޫމާތުތައް ފޯރުކޮށްދޭ ޚާއްޞަ ވެބްސައިޓް ވާބީޓާއިންފޯ އިން ބުނެއެވެ. ވަޓްސްއެޕުން ފާއިތުވި ހަފްތާތަކުގައިވެސް ގިނަ ފީޗާތަކެއް ވަނީ ނެރެފައި -- މި އާ ވިޝުއަލް އެލިމެންޓްތައް ލައިޓް އަދި ޑާކް ތީމްތަކާ އެއްގޮތްވާ ގޮތަށް މަސައްކަތްކުރާނެ ކަމަށާއި، ވަޓްސްއެޕްއިން ކަނޑައަޅާ މޯޑާ އެއްގޮތަށް ޓްރާންސްޕޭރެންސީއާއި ބެކްގްރައުންޑް އިފެކްޓްސް އޮޓޮމެޓިކުން އެޖަސްޓްކުރާނެ ކަމަށް ވެސް ވެއެވެ. މި އަޕްޑޭޓްގައި އައިއޯއެސް 26 އާއެކު ތައާރަފުކުރި ރީޑިޒައިންކޮށްފައިވާ ކީބޯޑް ވެސް ހިމެނެއެވެ. މި އަޕްޑޭޓް މިހާރު ރޯލްއައުޓްކުރަމުން އަންނަނީ ބީޓާ ޓެސްޓަރުންނާއި، މަދު އަދަދެއްގެ އާއްމު ޔޫޒަރުންނަށެވެ. މިއަޕްޑޭޓް އެންމެންނަށް ތައާރަފްކުރުމުގެ ކުރިން، އަޕްޑޭޓް މަސައްކަތްކުރާ ގޮތް ބަލައި، ފީޑްބެކް ހޯދުމަށް ޓެސްޓްކުރުމުގެ ގޮތުން މި އަޕްޑޭޓް ރިލީޒްކުރާނެ ކަމަށް ލަފާކުރެވެއެވެ. ވަޓްސްއެޕްއިން ފާއިތުވި ހަފުތާތަކުގައި ވަނީ އެތައް އާ ފީޗާތަކެއް ތައާރަފުކޮށްފައެވެ. އޭގެ ތެރޭގައި ލައިވް ފޮޓޯސް (އައިއޯއެސް) އަދި މޯޝަން ފޮޓޯސް (އެންޑްރޮއިޑް) ޝެއާކުރުމުގެ ގާބިލިއްޔަތު ހިމެނެއެވެ. މީގެ އިތުރުން، ޗެޓްތައް ކަސްޓަމައިޒްކުރުމަށް އާ ޗެޓް ތީމްތަކާއި، އާ ސްޓިކާ ޕެކްތަކާއި، މެޓާ އޭއައި އާއެކު ވީޑިއޯ ކޯލް ބެކްގްރައުންޑްތައް ވެސް ތައާރަފުކޮށްފައިވެއެވެ. އެންމެފަހުން ވަޓްސްއެޕްއިން ވަނީ އިންސްޓަގްރާމްގައި ހުންނަގޮތަށް ސްޓޭޓަސްގައި ސުވާލު ކުރެވޭ ފީޗާއެއް ވެސް ތައާރަފުކޮށްފައެވެ. މި ފީޗާ މިހާރު އެންޑްރޮއިޑް ވާޝަން 2.25.29.12 ގެ ބީޓާ ޓެސްޓަރުންނަށް ވަނީ ލިބޭގޮތް ހަދާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ