އެމްޑީޕިގެ އެއްވުމުން ހައްޔަރުކުރި މީހުން ދޫކޮށްލައިފި

މި މަހުގެ 3 ގައި އެމްޑީޕީން "ލޫޓްވައިފި ލޫޓްވައިި" ގެ ނަމުގައި މާލޭގައި ބޭއްވި އެއްވުމުން މީހުންގެ ބަންދުގެ މުއްދަތު ހަމަވުމާ ގުޅިގެން އެންމެން މިއަދި ދޫކޮށްލައިފި އެވެ.
އެ އެންމެން ވެސް ދޫކޮށްލީ ތަހުގީގަށް އެއްބާރުލުމަށް ޝަރުތުކުރުމަށްފަހު އެވެ.
އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން އަށް މީހުން ފުލުހުން ހައްޔަރުކުރި އެވެ. އެހެންނަމަވެސް އޭގެތެރެއިން ބަންދުގެ މުއްދަތު ކޯޓުން ޖެހީ ހަ މީހުންނަށެވެ. އަނެއް ދެ މީހުން ހައްޔަރުކުރިތާ 24 ގަޑިއިރު ފަހުން ދޫކޮށްލައިފަ އެވެ. އޭގެ ތެރޭގައި އައްޑޫ ކައުންސިލަރެއް ކަމަށްވާ ހުސައިން ޒަޒީރު ހިމެނެ އެވެ.
ބަންދަށް މުއްދަތު ޖެހި ހަ މީހުންގެ ބަންދަށް 15 ދުވަސް ޖެހީ މި މަހުގެ 4 ގަ އެވެ.
މިމަހުގެ ތިންވަނަ ދުވަހު އެމްޑީޕީން ބޭއްވި އެ އެއްވުމުގައި ހައްޔަރުކުރި މެންބަރުންގެ ތެރެއިން 15 ދުވަހަށް ބަންދުކުރީ:
* މަޖިލީހުގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފު
* ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ
* މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު
* އަލީ ޖުމާން
* އަޒްމީ އަލީ
* ހަސަން ޝާކިރު
އެމްޑީޕީން މިހާރު އަންނަނީ ސަރުކާރާ ދެކޮޅަށް އަންނަ މަހުގެ 17 ގައި ވެސް ބޮޑު އެއްވުމެއް ބާއްވަން ތައްޔާރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ