ދަ ޑިމޮކްރެޓްސް އިން ސިޔާސީ މައިދާނުގައި ވިދުން ގަދަވި ފާތިމަތު ހަމްދާ ކައިވެނި ކޮށްފި އެވެ.
އޭނާ ކައިވެނިކޮށްފައި ވަނީ ގާނޫނީ ވަކީލެއް ކަމުގައިވާ އުމަރާ އެވެ. ހަމްދާއާ އުމަރުގެ ކައިވެންޏަށް ގިނަ ބަޔަކު ދަނީ މަރުހަބާ ކިޔަމުންނެވެ.
އެމްޑީޕީން ވަކިވެ ރައީސް ނަޝީދުގެ އެކުވެރީން އުފެއްދި ދަަ ޑިމޮކްރެޓްސްގެ ހަރުގެ ޖަލްސާތަކުގެ ތެރެއިން ޖަލްސާއެއްގައި ހަމްދާ ދިން ތަގުރީރަކަށް އާންމުންގެ ބޮޑު ސަމާލު ކަމެއް ލިބުނެވެ. އޭގެ ފަހުން ސިޔާސީ މައިދާނުގައި އޭނާގެ ވިދުން ގަދަވި އެވެ.
ކުރީން ނޫސްވެރިކަން ވެސް ކުރި ހަމްދާ ވަނީ ޑިމޮކްރެޓްސްގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ގިނަ މަަސައްކަތްތަކެއް ކޮށްފަ އެވެ.
ވަރަށް ފަހުން އޭނާ ދިން އިންޓަވިއެއްގައި ބުނީ ސިޔާސީ ކަންކަމުގައި ވަރަށް އެކްޓިވްކޮށް އުޅުމަށް ފަހު މި ދުވަސްކޮޅު ބޮޑަށް ފޯކަސް ކުރަނީ އަމިއްލަ ދިިރިއުޅުމާއި ކިޔެވުމަށް ކަމަށެވެ. މިއީ ޔުނިވާސިޓީގެ ފަހު އަހަރުކަން ވެސް ފާހަގަ ކޮށްފައިވެ އެވެ.
އޭނާ ބުނީ ކުރިއަށް އޮތްތާ ސިޔާސީ ކަންކަމުގައި އުޅޭނެ ކަމަށެވެ.
"އަދިވެސް ގަދަކޮށް ސިޔާސީ މައިދާނުގައި ފެންނާނެ," ހަމްދާ ބުންޏެވެ.
ހަމްދާ ކައިވެނި ކޮށްފި، ގަދަކޮށް ސިޔާސީ މައިދާނުން ފެންނާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ