މަދަނީ މައްސަލަތަކުގައި މުއްދަތު ގުނާނެ ގޮތުގެ އިރުޝާދު ސުޕްރީމް ކޯޓުން އާންމުކޮށްފި

މިހާރު އަމަލުކުރަން ފަށާފައިވާ މަދަނީ އިޖުރާއާތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުތައް ގުނާނެ ގޮތުގެ އިރުޝާދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިއަދު އާންމުކޮށްފިއެވެ.
ސުޕްރީމް ކޯޓުން ނެރުނު ޕްރެކްޓިސް ގައިޑުގައި ބުނެފައިވަނީ މަދަނީ އިޖުރާއާތުގެ ޤާނޫނަށް އަމަލުކުރުމުގައި މުއްދަތު ގުނުމުގައި ކޯޓުތަކުން އަމަލުކުރާ ގޮތް އެއްގޮތް ކުރުމަށް ކޯޓުން ކަނޑައަޅާ ގޮތަކަށް އަމަލުކުރަންވާނެ ކަމަށެވެ.
އެގޮތުން 7 ދުވަހަށްވުރެ ކުރު މުއްދަތުތައް ގުނުމުގައި އަމަލުކުރާނެ އުސޫލެއްކަމަށް އެ ޕްރެކްޓިސް ޑައިރެކްޝަނުގައި ބުނެފައިވަނީ، މުއްދަތު ފެށޭ ދުވަހާ ނިމޭ ދުވަސް ނުހިމަނައި، އެ މުއްދަތުގެ ތެރޭގައި ހިމެނޭ ރަސްމީ ބަންދު ދުވަސްތައްވެސް ހިމަނައިގެން ގުނުމެވެ.
ހަތް ދުވަހަށްވުރެ ދިގު މުއްދަތު ގުނުމުގައި އަމަލުކުރުމަށް ސުޕްރީމް ކޯޓުން ބަޔާންކުރި އުސޫލަކީ، ފެށޭ ދުވަހާއި ނިމޭ ދުވަސްތަކާއި އެ މުއްދަތުގެ ތެރޭގައި އަންނަ ރަސްމީ ބަންދު ދުވަސްތައްވެސް ނުހިމަނައި ބަންދުގެ މުއްދަތު ގުނުމެވެ.
އިތުރަށް ކޯޓުން ބުނެފައިވަނީ މުއްދަތު ގުނާއިރު ކަމެއް ކުރަން ކަނޑައަޅާފައިވާ މުހުލަތު ނިމެނީ ބަންދު ދުވަހަކަށްކަމުގައިވާނަމަ، ދެން އެ ދުވަހާ ޖެހިގެން ކޯޓު އެންމެ އަވަހަށް ހުޅުވާ ދުވަހެއްގައި އެކަން ކުރުމުން އެ މުއްދަތުގެ ތެރޭގައި އެކަމެއް ކުރިކަމަށް ބަލަންވާނެ ކަމަށެވެ.
އަދި ވަކި މުއްދަތެއްގެ ތެރޭގައި ކަމެއް ކުރަން ކޯޓުން އަންގާނަމަ އެކަމެއް ފުރިހަމަކުރަން ޖެހޭނެ ސުންގަނޑި ތާރީޚާއި ގަޑި ހިމަނޭ ގޮތަށް އަންގަންވާނެ ކަމަށްވެސް ސުޕްރީމް ކޯޓުން އިރުޝާދު ދީފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ