ފީފާ ވޯލްޑް ކަޕް 2022: ކުޅުންތެރިންގެ ނަންތައް ރަނގަޅަށް ބޭނުންކުރަން މައުމޫން އެދިއްޖެ

ޤަތަރުގައި މިރޭ ފަށާ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރާ ޓީމްތަކާއި އެޓީމުތަކުގެ ކުޅުންތެރިންގެ ނަންތައް ރަނގަޅަށް ބޭނުންކުރުމަށް ފުޓުބޯޅަައަށް ލޯބިކުރައްވާ، ކުރީގެ ރައީސް އަދި އެމްއާރްއެމްގެ ޒަޢީމް މައުމޫން އަބްދުލް ޤައްޔޫމް އެދިވަޑައިގެންފިއެވެ.
އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ލިޔުއްވާފައިވަނީ، މިރޭ ފުޓްބޯޅަ ވޯލްޑް ކަޕް ފެށޭނެ ކަމަށާއު ހުރިހާ ފަރާތްތަކުންވެސް ކުޅޭ ޓީމުތަކުގެ ނަންތަކާއި ކުޅުންތެރީންގެ ނަންތައް ރަނގަޅަށް ބޭނުން ކުރެއްވުން ވަރަށް މުހިންމު ކަމަށެވެ.
ރައީސް މައުމޫން ވަނީ މިސާލެއްވެސް ވިދާޅުވެދެއްވާފައެވެ. މިސާލެއްގެ ގޮތުގައި އެމަނިކުފާނު ނެންގެވީ ފުޓުބޯޅަ ތަރި، ފްރާންސްގެ ގައުމީ ޓީމުގެ ފޯވާޑް ކަރީމް ބެންޒީމާއެވެ. ގިނަ ބަޔަކު އޭނާއަށް މުހާތަބުކުރަނީ "ބެންޒެމާ" މިހެންނެވެ. ނަމަވެސް، ރަނގަޅު ގޮތަކީ "ބެންޒީމާ" އެވެ.
ބެންޒީމާއަކީ ޢަރަބި ނަމެކެވެ. އަދި މިއީ ވަރަށް އާންމު ފަހު ނަމެއް ނުވަތަ ލާސްޓް ނޭމްއެކެވެ. މިފަހު ނަމަކީ މުޅި ދުނިޔޭގައި އެންމެ ގިނައިން ބޭނުންކުރާ 292،126 ވަނަ ނަމެވެ.
ރައީސް މައުމޫން މިސާލެއްގެ ގޮތުން ނެންގެވި ބެންޒީމާއަކީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ކުލަބު ކަމަށްވާ ރެއާލް މެޑްރިޑަށް ޗެމްޕިއަންސް ލީގާއި ލަލީގާ ކާމިޔާބުކޮށްދިން ކުޅުންތެރިއެކެވެ.
ބެންޒީމާ ވަނީ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ބެލަންޑޯ އެވޯޑް 2022 ވަނަ އަހަރު ކާމިޔާބު ކޮށްފައެވެ. އޭނާއަކީ ފްރާންސް ގައުމީ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާއެވެ.
ނަމަވެސް އަނިޔާގެ ސަބަބުން މިފަހަރުގެ ވޯލްޑް ކަޕްގައި އޭނާ ނުކުޅޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ