އައްޑޫ މީހުން އަދި ހާސްވާކަށް ނުވޭ، އައްޑޫއަކީ ފޮނި މުސްތަގުބަލެއް އޮތް ތަނެއް: ނަޝީދު

އައްޑޫ ސިޓީއަކީ ވަރަށް އުޖާލާ، ފޮނި މުސްތަގުބަލެއް އޮތް ތަނެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ، ގައުމީ ޔުނިވަސިޓީގެ ހިތަދޫ ކެމްޕަހުގައި ރޭ ބޭއްވި ކްލައިމެޓް ޗޭންޖާ ގުޅޭ ސެމިނާއަކަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ.
ނަޝީދު ވިދާޅުވީ، އައްޑޫ އަށް ވަޑައިގަންނަވަނީ ވަރަށް ޒާތީ ހައިސިއްޔަތެއްގައި އައްޑޫ ދެކެ ލޯބިވާ މީހަކަށް ވާތީ ކަމަށެވެ.
މިގޮތުން އައްޑޫގައި ކަންކަން ވުމަށް އެދޭ ކަމަށާއި ނަމަވެސް އަދި ހާސްވެ ކަންބޮޑުވާން ނުޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ބޭނުންވެގެން އުޅެނީ އާމްދަނީ އިތުރުވާނެ ގޮތެއް ކަމަށެވެ. ނަމަވެސް ކިތަންމެ ވަރަކަށް ބަނދަރު ހެދިޔަސް އާމްދަނީ ނުލިބޭނެ ކަމަށް ނަޝީދު ފާހަގަ ކުރެއްވިއެވެ. އެ އާމްދަނީ ހޯދޭނެ މަގުތައް މެނިފެސްޓޯތަކުގައި ލިޔަމުން ގެންދަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އޭގެ ވަށައިގެން ތަރައްގީގެ އެތައް އޮއިވަރެއް ހިނގާނެ ކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ، އައްޑޫއަކީ ވަރަށް ފޮނި އުޖާލާ މުސްތަގުބަލެ އޮތް ތަނެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ