އެމެރިކާގެ މިނިވަންދުވަހުގެ ތަހުނިޔާ އެ ޤައުމުގެ ރައީސް، ޑޮނަލްޑް ޓްރަމްޕަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.
ރައީސް މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އެމެރިކާގެ މިނިވަން ދުވަހުގެ ތަހުނިޔާ ޓްރަމްޕް އަށާއި، އެމެރިކާ ސަރުކާރާއި އެ ގައުމުގެ ރައްޔިތުންނަށް ފޮނުއްވާފައެވެ.
މިއާއެކު އެމަނިކުފާނު ވަނީ އެމެރިކާއަށް ކުރިއެރުންތައް ލިބި، އެއީ މިނިވަންޤައުމެއްގެ ގޮތުގައި އަބަދުވެސް އޮތުމަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ.
އެމެރިކާގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހަކީ، 1776 ވަނަ އަހަރުގެ ޖުލައިމަހުގެ 4 ވަނަ ދުވަހެވެ. އެއީ، އިނގިރޭސިންގެ އަޅުވެތިކަމުން އެގަައުމަށް މިނިވަންކަން ލިބުނުކަން އިއުލާން ކުރި ދުވަހެވެ.
އެމެރިކާގެ މިނިވަންދުވަހުގެ ތަހުނިޔާ ރައީސް މުޢިއްޒު ފޮނުއްވާފައި ވާއިރު، މި އަހަރަކީ އެމެރިކާއާއި ދިވެހިރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ އަހަރެވެ.
އެމެރިކާގެ މިނިވަން ދުވަހުގެ ތަހުނިޔާ، ޓްރަމްޕަށް ރައީސް މުޢިއްޒު ފޮނުއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ