މާލެއިން ފުރައިގެން ނައިފަރަށް ދަތުރުކުރަނިކޮށް އިންޖީނު ހުއްޓުނު ބޯޓުގައި ތިބި ބައެއް މީހުން ނައިފަރަށް ގެންގޮސްފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
މާލެއިން ފުރައިގެން ނައިފަރަށްދަނިކޮށް އިންޖީނު ހުއްޓިގެން އެމްއެންޑީއެފްގެ އެހޯ ހޯދާފައިވަނީ "ލައިފް ލައިން" ނަމަކަށް ކިޔާ މާލެދަތުރުކުރާ ބޯތެކެވެ. އެބޯޓު އިންޖީނު ހުއްޓުނީ ކާށިދޫ ކަނޑަށެވެ. ބޯޓުގެ އިންޖީނު ހުއްޓިގެން އެކަމުގެ ރިޕޯޓް އެމްއެންޑީއެފަށް ލިބުނީ ހެނދުނު 08:45 ގައެވެ.
އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، "ލައިފްލައިން" ބޯޓުން ދަތުރުކުރި 9 ކުޑަކުދިންނާއި، 6 އަންހެނުން އަދި 10 ފިރިހެނުން، އެމްއެންޑީއެފް ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ހާބަރކްރާފްޓް ލޯންޗާއި، ކޯސްޓްގާޑުގެ ގަލްފްކްރަފްޓް ލޯންޗުގެ އެހީތެރިކަމާއެކު މިއަދު މެންދުރު 13:10 ހާއިރު ޅ.ނައިފަރަށް ގެންގޮސްދީފައިވާކަމަށެވެ.
މިދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއްކަމުން މޫސުމަށް ބަލާފައި ނޫނީ ދަތުރު ނުފެށުމަށް ކަމާބެހޭ ފަރާަތްތަކުން ދަނީ ތަކުރާރުކޮށް ނަސޭހަތްތެރިވަމުންނެވެ. މޫސުން ގޯސްވާނޭކަމަށް ލަފާކޮށް މޫސުމާ ބެހޭ އިދާރާއިން އެންމެފަހުން ހުދު ސަމާލް ނެރެފައިވަނީ މެދުރާއްޖެތެރެއަށެވެ.
ހާލުގައި ޖެހުނު ބޯޓުން ދަތުރުކުރި ބައެއް މީހުން ނައިފަރަށް ގެންގޮސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ