އުރީދުއަށް ފަހުރުވެރި ކާމިޔާބީއެއް: ހިތްވަރު ދިނުމުގެ އިނާމު ލިބުނު ހަމައެކަނި ކުންފުނި

އުރީދޫ މޯލްޑިވްސްއަށް މިއަހަރު ހިތްވަރު ދިނުމުގެ ގައުމީ އިނާމު ވިޔަފާރި ކުރިއެރުވުމުގެ ދާއިރާއިން ލިބި، އެ އެވޯޑް މި އަހަރު ހާސިލްކުރި ހަމައެކަނި ކުންފުންޏަށް ވެއްޖެ އެވެ.
ވީ ކިހިނެއް؟ - ގައުމީ ދުވަހުގެ މުނާސަބަތުގައި ހއ. އުތީމުގައި އިއްޔެ ބޭއްވި ރަސްމީ ޖަލްސާގައި މި އިނާމު ދެއްވީ ރައީސް މުހައްމަދު މުއިއްޒެވެ. އުރީދޫގެ ފަރާތުން އިނާމާ ހަވާލުވެވަޑައިގަތީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހާލިދު އަލް ހަމާދީ އެވެ.
ތަފްސީލް - މި އެވޯޑާ އެކު، ރާއްޖޭގެ ކުރިއެރުމުގައި އުރީދޫ މަސައަކަތް ކުރަމުން މިދިޔަ 20 އަހަރުގެ ދިގު ހިއްސާ ފާހަގަކޮށްލެވެ އެވެ. އުރީދޫން ވަނީ ޓެލެކޮމިއުނިކޭޝަން، ޑިޖިޓަލް ހިދުމަތްތައް، މުޖުތަމައުތައް ބާރުވެރިކުރުން، ގައުމީ ތަރައްގީ ހަލުއިކުރުން އަދި އިނޮވޭޓިވް ސޮލިއުޝަންތައް އުފައްދާފަ އެވެ.
ވަތަނިއްޔާގެ ނަމުގައި 2005ގައި ފެށި މޮބައިލް އޮޕަރޭޓަރެއްގެ ހިދުމަތް ފުޅާ ދާއިރާއެއްގައި ޑިޖިޓަލް ހިދުމަތް ދޭ ކުންފުންޏަކަށް ބަދަލުވެ، ކަނެކްޓިވިޓީ، ފިންޓެކް، އީ-ކޮމާސް އަދި 5ޖީ ޓެކްނޮލޮޖީގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ވަނީ ހޯދާފަ އެވެ.
ބުނީ ކީކޭ؟ - "މިފަދަ ތާރީހީ މުނާސަބަތެއްގައި ގައުމީ އިނާމު އުރީދޫ މޯލްޑިވްސްއަށް ލިބުމަކީ އުރީދޫ މޯލްޑިވްސްއަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް. މިކަމުން ދައްކުވައިދެނީ މުވައްޒަފުންގެ އަޒުމާއި ކަސްޓަމަރުންގެ އިތުބާރާއި ދިވެހި ރައްޔިތުންނަށް މަންފާ އާއި ލާބައަށް އަޅުގަނޑުމެން ދެމުންދާ އަހައްމިއްޔަތުކަން،" އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހާލިދު އަލް ހަމާދީ ވިދާޅުވި އެވެ.
"ހަގީގީ ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށް މަސައްކަތް ކުރާއިރު، އިނޮވޭޝަނާއި އިންކްލޫސިވިޓީ ޕްރޮމޯޓް ކުރުމުގައި ދެމިތިބޭނަން."
ފާހަގަކޮށްލެވޭ - މިދިޔަ 20 އަހަރުގެ ތެރޭގައި އުރީދޫން ވަނީ:
ރާއްޖޭގެ ފުރަތަމަ ބައިނަލްއަގްވާމީ ސަބްސީ ކޭބަލް އާއި 3ޖީ، 4ޖީ ޕްލަސް އަދި މުޅި ރާއްޖޭގެ %80އަށް 5ޖީ ނެޓްވޯކް ތައާރަފްކޮށްފައި 
ސުޕަނެޓް ބްރޯޑްބޭންޑް އަދި އެމް-ފައިސާ ޑިޖިޓަލް ވޮލެޓް ފަދަ މުހިންމު ކާމިޔާބީތަކެއް ހާސިލްކޮށްފައި
ރާއްޖޭގެ ފުރަތަމަ ޓެލެކޮމް ޑްރައިވް އީ-ކޮމާސް ޕްލެޓްފޯމް ކަމަށްވާ މޫލީ ތައާރަފްކޮށްފައި 
ޑިޖިޓަލް މޯލްޑިވްސްއެއް ކުރިއެރުވުމަށް ސަބްމެރިން ކޭބަލްތަކާއި ޓަޔާ 3 ރެޑީ ޑޭޓާ ސެންޓަރުތަކާއި އޭއައި ހިދުމަތްތަކަށް އިންވެސްޓްކުރަމުންދޭ
ޓެކްނޮލޮޖީގެ ބޭރުން އުރީދޫން އަންނަ ކަންތައްތަކުގެ ތެރޭގައި:
އުރީދޫ ފަން ރަން 
މަސްރޭސް 
ގްރޯ ވިތު އުރީދޫ ފަދަ މުހިންމު މަސައްކަތްތައް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ