އުފާވެރިކަންވެސް އަދި ހިތްދަތިކަންވެސް އަދި ތަނަވަސްކަންވެސް ދެއްވަވަނީ ﷲ އެވެ. އެއްވެސް މީހަކަށް ﷲ ތަޢާލާ ދެއްވަވާ އެއްވެސް ނިޢުމަތެއް ނިގުޅައިގަންނަން މަސައްކަތްނުކުރާށެވެ!
ތަކުރާރުކޮށްލާނަމެވެ. އެއްވެސް މީހަކަށް ހިތްދަތިކަމެއް، ދަތި އުނދަގޫކަމެއް ކުރިމަތިކުރުވަން އެއްވެސް މަސައްކަތެއް ނުކުރާށެވެ! އެކަން އައިސް ތިބާ އާއި ބައްދަލުކުރާނެއެވެ. ނުއެނގެނީ ކޮން ދުވަހަކު ކޮންވަގުތަކުކަމެވެ. މީހަކަސް ދެރަދީ ބަނގުރޫޓުކުރުވަން އުޅޭނަމަ އެންމެ ގާތުގައި އޮންނާނީ އެމީހަކަސް މާނިކަމެތި ޙާލު ޖެހުމެވެ.
މީސްތަކުންނަށް މިއަދު ކުރެވޭ އެންމެ ބޮޑު އެއް ފާފައަކީ އޭނާގެ އަވަށްޓެރިޔާއަށް ނުވަތަ އެކުވެރިއަކަށް ނިޢްމަތެއް، އުފާވެރިކަމެއް ދެއްވެވުމުން އެކަމަށް ނުރުހެވި ވާހަކަތައް ފަތުރައިހެދޭކަމެވެ. ޙަސަދަވެރިވެވޭކަމެވެ.
އަހުރެންގެ ނަޞޭޙަތަކީ މީހަކަށް ނިޢްމަތެއް މިންވަރުކުރައްވަވައިފިނަމަ އެކަމުގެ އުފަލުގައި ތިބާވެސް ބައިވެރިވެ ހެޔޮދުޢާކުރުމެވެ. އެނިޢްމަތް މިންވަރުކުރެއްވެވީ އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމުން ކަމުގައިވާހާލު، އެކަމަށް ހަސަދަވެރިވެވިއްޖެނަމަ، ޙަސަދަވެރި އެވެވެނީ ﷲ ތަޢާލާ އެމީހަކަށް ރުހިވޮޑިގެންވާ މީހަކަށެވެ.
ކަމެއް ކުރާނަމަ ކުރަން އޮތް ކަމަކީ އެމީހާގެ ކިބައިވަނީ ކޮން އިތުރު ހެޔޮކަމެއްކަން ދެނެގަންނަން މަސައްކަތްކުރުމެވެ. އެމީހާ ތިބާއަށްވުރެ އިތުރަށް ކުރަނީ ކޮން ހެޔޮ ޢަމަލެއްކަން ދެނެގަންނަން މަސައްކަތްކުރުމެވެ. ހަމައެޢާއިއެކު ތިބާކުރާ ހެޔޮ ޢަމަލުތައް އިތުރުކުރަން ގަދައަޅައި މަސައްކަތްކުރުމެވެ.
--މުފްތީ މެންކުގެ ދަރުސަކުން
އެންމެ ގިނަ ބައަކަށް ހިތްދަތިކަމާ އަތްމަތިދަތިކަންވެސް ކުރިމަތިވަނީ އެހެން މީހުންނަށް ލިބިފައިވާ ހިތްހަމަޖެހުމަށް ޙަސަދަވެރިވެ ދެރަދޭން އުޅޭތީ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ