ޣައްޒާ ހަނގުރާމަ ނިމުމަކަށް ގެނައުމުގައި ބޮޑު ކުރިއެރުމެއް ލިބިއްޖެ: ޓްރަމްޕް
އިސްރާއީލާއި ފަލަސްތީނުގެ ޣައްޒާއާ ދެމެދު ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމުގައި ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް އެގޮތަށް ވިދާޅުވީ ނެދާލެންޑްސްގައި މިހާރު ކުރިއަށްދާ ނޭޓޯ ސަމިޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ. "އަޅުގަނޑު އުންމީދުކުރަނީ ޣައްޒާއާ ގުޅޭ އުފާވެރި ހަބަރެއް ލިބޭނެ ކަމަށް އެކަން އޮތީ ވަރަށް ގާތުގައި." ޓްރަމްޕް ވިދާޅުވިއެވެ. އީރާނުގެ ނިއުކްލިއާ ސައިޓްތަކަށް ދިން ހަމަލާތަކުގެ ސަބަބުން ޣައްޒާގައި ރަހީނުކޮށްފައި ތިބި އިސްރާއީލުގެ އަސީރުން މިނިވަންވުމަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިދާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ. ޓްރަމްޕް ވިދާޅުވީ، އީރާންގެ ނިއުކްލިއާ މަޝްރޫއު ޖައްސާލެވުނީ މަސްދުވަސްކޮޅެއް ފަހަތަށް ކަމަށް ބުނެ ލީކުވި ޖާސޫސީ މައުލޫމާތަކީ އެހެން މަގުސަދެއްގައި އޮޅުވާލައިގެން ލީކުކޮށްފައިވާ މައުލާމާތެއް ކަމަށެވެ. އެމެރިކާގެ ހަމަލާގެ ސަބަބުން އީރާނުގެ މުހިންމު ތިން ނިއުކްލިއާ ސައިޓެއް "މުޅިން ނައްތާލެވުނު" ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އަދި އީރާނަށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް މަޖުބޫރުވީ އެ ހަމަލާގެ ސަބަބުން ނިއުކްލިއާ މަރުކަޒުތައް ހަލާކުވުމުން ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ. އިސްރާއީލުން 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 65،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އެމީހުންގެ ހަމަލާތައް މިހާރު ބޮޑަށް އަމާޒުކޮށްފައި ވަނީ ބަނޑުހައިހޫނުކަންމަތީގައި ތިބި ޣައްޒާގެ އާންމުންގެ ތެރެއިން ކާނެ އެއްޗެއް ހޯދަންދާ މީހުންނަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ