ވިލާ ކޮލެޖުގައި ސިއްހީ ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރަމުންދާ ދަރިވަރުންގެ ތަމްރީނުތަކުގެ ފެންވަރު ރަނގަޅު ކުރުމަށް އެ ކޮލެޖުން ނާޑު ޕްރައިވެޓް ލިމިޓެޑާ އެކު އެމްއޯޔޫ އެއްގައި ސޮއިކޮށްފި އެވެ.
ވިލާ ކޮލެޖުން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މި އެއްބަސްވުމާއެކު ކުރިއަށް އޮތް ތަނުގައި ޑޮކްޓަރުކަމާއި ނަރުސްކަން ކިޔަވާ ދަރިވަރުންނަށް އިތުރު ތަމްރީނުތައް ހެދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
އެގޮތުން، ސިއްހީ ހިދުމަތް ދެމުންދާ ނާޑުގެ ސިއްހީ ހިދުމަތް ދޭ ތަންތަނުގެ ފްލެބޮޓޮމީ ޓްރެއިނިންތަކާއި ލެބޯޓަރީގެ އާލަތްތައް ބޭނުންކޮށްގެން އިތުރު ތަމްރީނުތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ.
މިއާއެކު ކޮލެޖުގައި ކިޔަވާ ތިއަރީ ކްލާސްތަކާއެކު އަސްލު ހާލަތްތަކުގައި ހިދުމަތް ދިނުމުގެ ތަޖުރިބާ ދަރިވަރުންނަށް ލިބިގެންދާނެ ކަމަށް ވިލާ ކޮލެޖުން ބުނެފައިވެ އެވެ.
މީގެ އިތުރުން ވެސް ނާޑު ކުންފުނިން މެޑިކަލް އަދި ޑައިގްނޯސްޓިކް އާލާތްތައް ފޯރުކޮށްދީ އިތުރު ދާއިރާތަކުން ވެސް އެ ކޮލެޖަށް އެހީތެރިކަން ދެމުންދާ ކަމަށް ވެސް ވިލާއިން ބުނެފައިވެ އެވެ. މިއީ ރަނގަޅު ތައުލީމާއި ތަމްރީނު ލިބިފައިވާ ސިއްހީ ހިދުމަތްތެރިން ދާއިރާއަށް ނެރުމުގައި ލިބިގެންދާ އިތުރު އެހީތެރިކަމެއް ކަމަށް ވެސް އެ ކޮލެޖުން ބުންޏެވެ.
ޓްރެއިނިންތަކުގެ ފެންވަރު ރަނގަޅުކުރަން ވިލާ ކޮލެޖުން ނާޑު އާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި ޓްރެއިނިންތަކުގެ ފެންވަރު ރަނގަޅުކުރަން ވިލާ ކޮލެޖުން ނާޑު އާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ