ޗެކްޕޮއިންޓަށް މަޑުނުކޮށް ފުލުހެއްގެ ގައިގައި ސައިކަލުން ޖައްސައިފި

ޗެކްޕޮއިންޓަކަށް މަޑު ނުކޮށް ބާރު ސްޕީޑުގައި ސައިކަލު ދުއްވާފައި ގޮސް ފުލުހެއްގެ ގައިގައި ޖައްސައިފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން ބުނީ މިރޭ 8:20 ހާއިރު ހުޅުމާލޭ، ޖަވާހިރުމާ ހިނގުމުގައި ފުލުހުންގެ ވެހިކަލް ޗެކް ޕޮއިންޓް ޖަހައިގެން ބަލައި ފާސް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެ މަގުން އިރަށް ދުއްވާފައި ދިޔަ ސައިކަލެއް ފުލުހުން މަޑުކުރަން ބުނުމުން މަޑު ނުކޮށް ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވާފައި ގޮސް ފުލުހެއްގެ ގައިގައި ޖައްސާފައިވާ ކަމަށެވެ. 
ތަފްސީލް - މި މައްސަލައާ ގުޅިގެން، އެ ސައިކަލު ދުއްވި،މީހާ ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ހައްޔަރުކޮށްފައި ވަނީ
ޔޫނުސް ހަލީލް އަބްދުﷲ، 18،، މ. ބަހާރުވިލާ
އޭނާ އަތުގައި އެެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސެއް ނޯވޭ
ފުލުސްމީހާ ގައިގައި ސައިކަލުން ޖެއްސުމުން އޭނާއަށް އަނިޔާވި
މިމައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ