މާތްވެގެންވާ މައްކާގައި ހުންނަ ގެފުޅުގެ ކިސްވާ ނުވަތަ ކައުބާގެ އުރަކޮޅު މިރޭ ބަދަލުކޮށްފި އެވެ.
މިދިޔަ އަހަރުން ފެށިގެން ކައުބާގެ އުރަކޮޅު ބަދަލު ކުރަނީ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތާއި ގުޅުވައިގެންނެވެ. އޭގެ ކުރީން އެކަން ކުރަމުން އައީ ކޮންމެ އަހަރެއްގެ ހައްޖު ދުވަހު އެވެ.
ގެފުޅުގެ އުރަކޮޅު ބަދަލު ކުރުން -- ފޮޓޯ: ހަރަމައިނި
ކައުބާގެ އުރަކޮޅު ބަދަލުކުރުމަށް ޚާއްސަ އެހާމެ ޝަރަފުވެރި ހަރަކާތެއް ކުރިއަށް ގެންދެ އެވެ. މި ހަރަކާތުގައި ސާހީ އާއިލާގެ ބައެއް ބޭފުޅުންނާއި ދެ ހަރަމްފުޅުގެ އިސް ބޭފުޅުން ބައިވެރިވެ އެވެ.
ގެފުޅުގެ އުރަކޮޅު ބަދަލު ކުރުން -- ފޮޓޯ: ހަރަމައިނި
650 ކިލޯގެ ބަރުދަން ހުޖްނަ މި އުރަކޮޅު ތައްޔާރު ކުރަނީ ރަނާއި ރިހީގެ ރޮދިންނެވެ. އެގޮތުން ރަނާއި ރިހީގެ ރޮދިން ވިޔެގެން ކީރިތި ޤުރްއާނުގެ އާޔަތްތައް އެންމެ މޮޅު ފަށުވިން ވިއެވެ.
މީގެ އަހަރުތަކެއް ކުރީން ފެށިގެން އުރަކޮޅު އަހަރަކު ތިން ފަހަރު ބަދަލު ކުރެ އެވެ. އޭގެ ފަހުން އަހަރަކު ދެ ފަހަރު ވެސް ބަދަލުކޮށްފައިވެ އެވެ.
ގެފުޅުގެ އުރަކޮޅު ބަދަލު ކުރުން -- ފޮޓޯ: ހަރަމައިނި
އެއް ދުވަސްވަރެއްގައި އެކަން ކުރަމުން އައީ ބައު އުރަކޮޅުގެ މައްޗަށް އައު އުރަކޮޅު ލެއްވުމެވެ. ނަމަވެސް ފަހުން އެ ގޮތް ބަދަލުކޮށް އައު އުރަކޮޅު ލައްވަނީ ބައު އުރަކޮޅު ނެގުމަށް ފަހު އެވެ.
ހިޖުރީ އައު އަހަރެއް ފެށުން؛ ގެފުޅުގެ އުރަކޮޅު ބަދަލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ