ޕާޓޭގެ ބަދަލުގައި އާސެނަލުން ނޯގާޑް ގެންނަން ނިންމައިފި ޕާޓޭގެ ބަދަލުގައި އާސެނަލުން ނޯގާޑް ގެންނަން ނިންމައިފި

ލަންޑަން (ޖޫން 26) - ކޮންޓްރެކްޓް ހަމަވުމުން އާސެނަލް ދޫކޮށްލަން ނިންމި ގާނާގެ މިޑްފީލްޑަރު، ތޯމަސް ޕާޓޭގެ ބަދަލުގައި، ބްރެންޓްފޯޑަށް ކުޅޭ ޑެންމާކްގެ މިޑްފީލްޑަރު، ކްރިސްޓިއަން ނޯގާޑް ގެންނަން އާސެނަލުން އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.
އާސެނަލް އަށް މިދިޔަ ސީޒަނުގައި 52 މެޗު ކުޅެދިން، ޕާޓޭ، 32، އެ ކްލަބާ އެކު ހަދާފައި އޮތް އެއްބަސްވުން މި މަހުގެ ނިޔަލަށް ހަމަވާއިރު، އެ ކޮންޓްރެކްޓް އާ ކުރަން ކުރި އެއްވެސް މަސައްކަތެއްގައި ކުރިއެރުމެއް ނުލިބުނެވެ. ރިޕޯޓްތައް ބުނާގޮތުން، އެތުލެޓިކޯ މެޑްރިޑް ދޫކޮށް، 2020 ވަނަ އަހަރު 55 މިލިއަން ޑޮލަރަށް އާސެނަލަށް ބަދަލުވި ޕާޓޭ، ކޮންޓްރެކްޓް ހަމަވުމުން އެ ޓީމުން ދޫކޮށްލަން ނިންމީ، އަލުން ހުށަހެޅި ކޮންޓްރެކްޓްގައި މުސާރަ އަކަށް އެއްބަސްނުވެވިގެންނެވެ.
ރެއާލް ސޮސިއެޑާޑްގެ މިޑްފީލްޑަރު، މާޓީން ޒުބިމެންޑީ، 65 މިލިއަން ޑޮލަރުގެ ޑީލެއްގައި އާސެނަލާ ގުޅުމަށް މަޝްވަރާ ކުރަމުން އަންނައިރު، އާސެނަލުން ޕާޓޭ ނެތްތަނަށް ގެންނަން ނިންމީ، ބްރެންޓްފޯޑްގެ ކެޕްޓަން، ނޯގާޑް އެވެ.
އެ ގޮތުން، 31 އަހަރުގެ ނޯގާޑް ގަންނަން އާސެނަލުން ފުރަތަމަ 15 މިލިއަން ޑޮލަރު ދައްކާއިރު، އެ ޓީމުގައި އޭނާ ދައްކާ ކުޅުމާއި ހާސިލްކުރާ ކަންކަމަށް ބަލައި، އިތުރު ހަ މިލިއަން ޑޮލަރު ދޭން ވަނީ އެއްބަސްވެފަ އެވެ. ފިއޮރެންޓީނާ ދޫކޮށް، 2019 ވަނަ އަހަރު ބްރެންޓްފޯޑަށް ބަދަލުވި ނޯގާޑް އަކީ، މިދިޔަ އަހަރުތަކުގައި އެ ޓީމުގެ މެދުތެރޭގައި މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ.
އާސެނަލުން ވަނީ، ޗެލްސީ އަށް ކުޅެމުން އަންނަ ސްޕެއިނުގެ ގޯލްކީޕަރު، ކެޕާ އަރިއްޒަަބަލާގާ، ހަތް މިލިއަން ޑޮލަރުގެ ޑީލެއްގެ ދަށުން ގަންނަން ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ