ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ އިން ބޭރުގައި ހުންނަވައިގެން ބޭސްފަރުވާ ކުރަން ކަރެކްޝަނަލް ސާވިސް އިން ދީފައިވާ 30 ދުވަހުގެ މުއްދަތު އިތުރުކޮށްނުދޭން ކަރެކްޝަނަލް ސާވިސް އިން ނިންމި ކަމަށް ބުނާ ޚަބަރު ހޯމް މިނިސްޓަރ އުމަރު ނަސީރު ދޮގު ކުރައްވައިފިއެވެ.
ރައީސް ނަޝީދުގެ އަށް ބޭސްފަރުވާ ކުރައްވަން ދެއްވާފައިވާ 30 ދުވަހުގެ މުއްދަތު އިތުރު ނުކުރަން ނިންމާފައި ނުވާކަމަށް މިނިސްޓަރ އުމަރު ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
ރައީސް ނަޝީދުގެ ބޭސްފަރުވާގެ މުއްދަތު އިތުރު ކޮށް ނުދޭން ނިންމާފައިވާ ކަމަށް ބުނާ ޚަބަރަކީ ދޮގެއް ކަމަށް ވިދާޅުވުން ފިޔަވައި އިތުރު ތަފްސީލް މިނިސްޓަރ އުމަރު ނުދެއްވައެވެ.
ނަމަވެސް މިނިސްޓަރ އުމަރު ޓްވީޓް ކުރެއްވި ފަހުން ކަރެކްޝަނަލް ސާވިސް އިން ވިދާޅުވީ ރައީސް ނަޝީދުގެ ބޭސްފަރުވާގެ މުއްދަތު އިތުރުނުކޮށް، ޤަވާއިދުގައި ބުނާ ގޮތަށް ލިއުންތައް ހަމަކުރަން މެޑިކަލް ބޯޑުން އެމަނިކުފާނަށް އިތުރު ފުރުސަތެއް މިއަދު ދީފައިވާ ކަމަށެވެ.
ކަރެކްޝަނުގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިހާރު އެދިފައިވާ ގޮތަށް ލިޔުންތައް ހަމަކުރައްވައިފި ނަމަ، ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދިނުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
ނަޝީދުގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށް ނުދޭކަށް ނުނިންމަން – އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ