މިފަހަރުގެ ބޮޑު ޢީދު ފާހަގަކުރުމަށްޓަކައި ނ.ލަންދޫގައި "ވަގުތު" ގެ ފަރާތުން ހިންގަމުންދާ ހަރަކާތްތަކުގެ ތެރެއިން ބާއްވާ ބަށި މުބާރާތުގެ ޓައިޓަލް ސްޕޮންސާ އަކަށް "އާރްވައި 2018" ހަމަޖެހިއްޖެ އެވެ.
"ވަގުތު އީދު ފޯރި 1437" ގެ ނަމުގައި "ވަގުތު" އިން ލަންދޫގައި ހިންގަމުންދާ އެކިއެކި ހަރަކާތްތަކުގެ ތެރެއިން މުޅި އަތޮޅަށް ހުޅުވާލައިގެން ބާއްވާ ބަށި މުބާރާތުގެ ޓައިޓަލް ސްޕޮންސާ އަކަށް ރައީސް ޔާމިން 2018 (އާރްވައި) ޓީމު ހަމަޖެހިފައިވާއިރު މި މުބާރާތް މިއަދު ހަވީރު ލަންދޫގައި ފަށާނެ އެވެ.
މިއަދުން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލާއި ހަމައަށް ކުރިއަށްދާ މި މުބާރާތަކީ ނ.އަތޮޅުގެ ހުރިހާ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހެޅިފައިވާއިރު ދެވަނަ އަށްދާ ޓީމަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފަ އެވެ. އަދި މުބާރާތުގެ ތިންވަނަ އަށް ދާ ޓީމަކަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހެޅިފަ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ބައްދަލުކުރާނީ ކުޑަފަރީ ޓީމާއި މާފަރު ބަށި ޓީމެވެ.
"ވަގުތު" ގެ ފަރާތުން ވަނީ މިއަހަރުގެ ކުޑަ އީދު ފާހަގަކުރުމުގެ ގޮތުން ނ.ކުޑަފަރީގައި ވެސް ފޯރިގަދަ ބަށި މުބާރާތެއް ބާއްވާފަ އެވެ. ފައިނަލުގައި ހޮޅުދޫ ބަލިކޮށް މާފަރު އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދި އިރު އެ ޓީމަށް މޯލްޑިވްސް ބަށި އެސޯސިއޭޝަންގެ ފަރާތުން ވަނީ 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފަ އެވެ. މީގެ އިތުރުން މުބާރާތުގެ ތެރޭގައި އެންމެ ރަނގަޅު ސަޕޯޓެއް ދިން ޓީމެއްގެ ގޮތުގައި ފާހަގަކުރެވުނު ކުޑަފަރީ ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް "ވަގުތު" ގެ ފަރާތުން ވަނީ ދީފަ އެވެ.
ބޮޑު އީދު ފާހަގަކުރުމަށްޓަކައި ލަންދޫގައި ދަނީ ތަފާތު ހަރަކާތްތަކެއް ކުރިއަށްދަމުންނެވެ. އެގޮތުން މުޅި އަތޮޅަށް ހުޅުވާލައިގެން އެއްވަނަ އަށް ދާ ޓީމަކަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހެޅިފައިވާ ފުޓްސަލް މުބާރާތަކާއި، ވޮލީ މުބާރާތުގެ އިތުރުން ލަންދޫ ކައުންސިލް އިން އިންތިޒާމްކޮށްގެން ބާއްވާ ބައިބަލާ ޗެލެންކް ކަޕް ހިމެނެ އެވެ.
"ވަގުތު ފުޓްސަލް ކަޕް 2016" ގެ ނަމުގައި ކުރިއަށްދާ ފުޓްސަލް މުބާރާތުގެ މެއިން ސްޕޮންސާ އަކީ އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އެވެ. ކޯ ސްޕޮންސާ އަކީ މޯލްޑިވްސް ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ ( އެމްޑަބްލިއުއެސްއީ) އެވެ. ބަށި މުބާރާތުގެ މެއިން ސަޕޮންސާ އަކަށް ހަމަޖެހިފައިވަނީ އަބުޅޯ ފައުންޑޭޝަނެވެ. ފުޓްސަލް މުބާރާތުގެ ސްޕޯޓްސް ޕާޓްނަރަކީ ސޮނީ ސްޕޯޓްސްއެވެ. ޕްރިންޓިން ޕާޓްނަރަކީ އެމްއެކްސް ސައިން އެވެ.
ބަށި މުބާރާތުގެ ޓައިޓްލް ސްޕޮންސާ އަކަށް "އާރްވައި 2018" ހަމަޖެހިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ