ދަނބިދޫ އިންޖީނުގޭގެ ފައިސާ ތަކުގެ ތެރެއިން ބައެއް ހޯދާ 4 މީހަކު ހައްޔަރުކޮށްފި

ލ.ދަނބިދޫ އިންޖީނުގޭގެ ފައިސާ ތަކުގެ ތެރެއިން ބައެއް ހޯދާ އެމައްސަލައިގަ ތުހުމަތުކުރެވޭ ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ބުނެފައިވަނީ އިންޖީނުގެއިން ވަގަށް ގެންގޮސްފައިވާ ފައިސާތަކުގެ ތެރެއިން ފެނިފައިވަނީ ފަސްހާސް ރުފިޔާ އަދި ހަތާވީސްހާސް ރުފިޔާގެ ޗެކްތަކެއް ކަމަށާއި މިމައްސަލައިގަ ހައްޔަރުކޮށްފައިވަނީ ނަވާރަ އަހަރުގެ އަންހެނަކާއި ބާވީސް އަހަރުގެ ފިރިހެނަކާއި އަދި އަށާރަ އަހަރުގެ ފިރިހެނެއްގެ އިތުރުން ތިރީސް އަހަރުގެ ފިރިހެނެއް ކަމަށެވެ.
މިމީހުންގެ ތެރެއިން އަންހެންމީހާ ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ގަމުން ކަމަށާއި ދެންތިބި ތިންމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ރޭގެ އެކިވަގުތުގަ ކަމަށެވެ.
މިމައްސަލައިގައި ފައިސާ ޖަމާކުރަން ދިޔަމީހާ އާއި އެމައްސަލަ ފުލުހުންނަށް ހުށަހެޅިމީހާވެސް ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން ބުނެފައިވަނީ މިމައްސަލައަކީ ބޭންކަ އަށް ފައިސާ ޖަމާކުރަން ދަނިކޮށް ފޭރިގަނެފައިވާ ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައެއް ކަމަށާއި ނަމަވެސް މިމައްސަލައަކީ ފޭރުމުގެ މައްސަލައެއްކަމަށް ނުބެލެވޭ ކަމަށެވެ .
އަދި މިމައްސަލަ މިހާރު ދަނީ ގަން ޕޮލިސް ސްޓޭޝަން އިން ތަހުޤީޤު ކުރަމުން.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ