ރާއްޖޭގައި ތިބި އިންޑިއާ ސިފައިން 5000 އަށް އިތުރުކުރާނެ – އުމަރު ނަސީރު

ދިވެހިރާއްޖޭގައި މިހާރު ތިބި އިންޑިއާ ސިފައިންގެ އަދަދު 5000 އަށް ސަރުކާރުން އިތުރު ކުރާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު މިހެން ވިދާޅުވީ އޭނާގެ ފޭސްބުކް ޕޭޖުގައި އެވެ. އޭނާ ވިދާޅުވީ އިންޑިއާ ސިފައިން އިތުރު ކުރަން އިތުރު ބޮޅެއް ސަރުކާރުން އެއް ކޮށްފައިވާ ކަމަށާއި އެ ބޮޅަކީ ސެނަހިޔާ ތަރައްގީ ކުރަން އިންޑިއާ ސިފައިންނާއި މަޝްވަރާކުރުން ކަމަށެވެ.
ސެނަހިޔާ އިތުރަށް ތަރައްގީ ކުރަން އިންޑިއާގެ ސިފައިންނާއެކު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދް ދީދީ ވަނީ މިދިޔަ އާދިއްތަ ދުވަހު މަޝްވަރާ ކުރައްވާފަ އެވެ. މި މަޝްވަރާގައި ރާއްޖޭގެ އަސްކަރިއްޔާގެ އިސް ބޭފުޅުން ވެސް ވަނީ ބައިވެރިވެފައެވެ.
އުމަރު ނަސީރު ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އިންޑިޔާ އަށް ފޮނުވާލުމަށް ވަރަށް މަސައްކަތް ކުރައްވާފައެވެ. މިގޮތުން "އިންޑިއާ ސިފައިން ފައިބާ" ގެ ނަމުގައި ހަރަކާތެއް ބާއްވަން ވެސް އުމަރު ވަނީ މަސައްކަތް ކޮށްފަ އެވެ.މިއަހަރު މާޗު މަހު ކޯސްޓް ގާޑުން ބުނެފައިވަނީ އިންޑިއާއިން ދީފައިވާ ދެ ހެލިކެޕްޓަރު ބެލެހެއްޓުމަށް އިންޑިއާގެ 50 ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ