ސިވިލް ކޯޓުގެ ގާޒީ ޖަމީލް މަގާމުން އިސްތިއުފާ ދެއްވައިފި

ސިވިލް ކޯޓުގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ގާޒީ ޖަމީލް މިއަދު އިސްތިއުފާ ދެއްވާފައިވީ ނަމަވެސް އިސްތިއުފާ ދެއްވި ވަކި ސަބަބެއް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.
ގާޒީ ޖަމީލު މަސައްކަތް ކުރެއްވީ ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ސެކްޝަނުގަ އެވެ.
އަތޮޅު ތެރޭގެ މެޖިސްޓްރޭޓް ކޯޓެއްގައި މެޖިސްޓްރޭޓެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށްފަހު ގާޒީ ޖަމީލް ސިވިލް ކޯޓުގެ ގާޒީ ކަމަށް އައްޔަންކުރެއްވުމުން އެތަނުގައި އަހަރެއް ވަރު މަސައްކަތް ކުރެއްވުމަށްފަހު ޖަމީލް ވަނީ ހައިކޯޓުގެ ފަނޑިޔާރު ކަމަށްވެސް މީގެކުރިން ކުރިމަތިލައްވާފަ އެވެ. ނަމަވެސް ހައިކޯޓުގެ ފަނޑިޔާރު ކަމަށް އޭނާ ހޮވާފައެއް ނުވެ އެވެ.
ސިވިލް ކޯޓުގެ ގާޒީ އަބްދުﷲ ޖަމީލް މިއަދު މަގާމުން އިސްތިއުފާ ދެއްވިއިރު އެ ކޯޓުގެ ގާޒީއެއްގެ ގޮތުގައި ހުންނެވި މުހައްމަދު ހަލީމް ވެސް މިދިޔަ މަހުގެ 22 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
ވީނިއުސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޖަމީލާއި ހަލީމް މަގާމުން އިސްތިއުފާ ދެއްވުމުން މިވަގުތު ސިވިލް ކޯޓުގައި މަސައްކަތް ކުރައްވަނީ 14 ގާޒީންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ