ނެއްލައިދޫގައި ކަރަންޓެއްނެތް! ރައްޔިތުން މަގުމަތިި ވެއްޖެ!

ނެއްލައިދޫއިން އަނެއްކާވެސް ކަރަންޓް ކެނޑިއްޖެއެވެ.
ކަރަންޓްގެ ހާލަތު ގޯސްވެ އަވަސް އަވަހަށް އިންޖީނު ނިވޭތާ ދެމަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު މިރޭ އަށެއް ޖަހާކަށް ހާއިރު ކަރަންޓް ކެނޑުނު ގޮތަށް އަދިވެސް ކަރަންޓް ނުލިބެއެވެ. އެންމެން ކަހަލަ ގޮތަކަށް މަގު މައްޗަށް ނިކުމެފައިވާއިރު ބައެއް ގޭގޭ ދޮރުމަތީ ކުނަލާއި ފަންގަނޑު އަތުރައިގެން ކުދިން ނިންދަވާ މަންޒަރުވެސް ވަނީ ފެނިފައެވެ.
ކަރަންޓްގެ މައްސަލަ އަށް ހައްލެއް ހޯދުމަށް މިއަދު ހެނދުނުން ފެށިގެން ނެއްލައިދޫ ރައްޔިތުންވަނީ ސުލްހަވެރި މުޒާހަރާއެއް ކޮށްފައެވެ. މުޒާހަރާ ނިންމާލާފައިވަނީ ރައީސުލް ޖުމްޙޫރިއްޔާ ނެެއްލައިދޫ ކައުންސިލަށް ގުޅުއްވާފައި މައްސަލަ ހައްލު ކޮށްދޭނޭ ކަމުގެ ފެހި ސިގްނަލް ދެއްވުމުން ކަމަށް ހަބަރު ލިބެއެވެ.
1400 އެއްހާ މީހުން ދިރިއުޅޭ ނެއްލައިދޫ އަކީ އަބަދުވެސް ކަރަންޓްގެ މައްސަލަ ބޮޑު ރަށެކެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ