ޝަރުއީ ދާއިރާގެ މާހެފުން ބާއްވައިފި

ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނާ ފަނޑިޔާރުންނަށް ހާއްސަކޮށްގެން މާހެފުމެއް މިއަދު މާހެފުމެއް ބާއްވައިފި އެވެ.
މިއަދު ހަވީރު 4:00 ޖެހިއިރު "ފަނޑިޔާރުގޭގެ މާހެފުން"ގެ ނަމުގައި ހައިކޯޓުގެ ގޯތި ތެރޭގައި ފެށި މާހެފުން މިރެއާ ހަމައަށް ކުރިއަށްދާނެ އެވެ. މާހެފުން ކުރިއަށް ދަނީ ކުޑަކުދިންގެ ހަވީރަކާ ވެސް އެކު އެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ އެދިވަޑައިގަތުމަކަށް ކުރިއަށް ގެންދިޔަ މާހެފުން ޝަރަފުވެރިކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާގިރު އެވެ.
މިރަސްމިއްޔާތުގައި މިނިސްޓަރު ޒިޔާދު ވިދާޅުވީ މާހެފުމުގެ ހަރަކާތުގެ ތެރެއިން އިސްލާމިކް މިނިސްޓްރީއާ ޝަރުއީ ދާއިރާއާއި ދެމެދު އޮތް ގުޅުން ހާމަވާ ކަމަށެވެ. އަދި އިސްލާމީ ޝަރީއާގެ އުސޫލުތައް ދިރުވައި ނެގެހެއްޓެވުމަށްޓަކައި ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު ކުރައްވަމުންގެންދަވާ މަސައްކަތްޕުޅު ފާހަގަކުރައްވައި އެމަނިކުފާނަށް ހާއްސަ ޝުކުރެއް ވެސް މިނިސްޓަރު އަރިސްކުރެއްވި އެވެ. މީގެ އިތުރުން ރަމަޟާން މަހުގެ މާތްކަމާއި އެމަހުގެ ސަވާބާއި ދަރުމައާ ގުޅޭގޮތުން ވެސް މިނިސްޓަރު ވާހަކަދެއްކެވި އެވެ.
މާހެފުމުގައި ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހިމެނޭ ގޮތަށް ގިނަ ފަނޑިޔާރުންނާ އެމީހުންގެ އާއިލާތަކުންވެސް ބައިވެރިވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ