ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހު ރައީސް ކަމުގެ ހުވާ ކުރެއްވުން މަޑުކޮށްލެއްވުމަށް ވެރިކަން ކުރާ ޕާޓީ ޕީޕީއެމް އިން ގޮވާލައިފިއެވެ.
މިއަދު ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ކައުންސިލް މެންބަރު އަދި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަބްދުﷲ ސިއްދީގު ވިދާޅުވީ ރާއްޖޭގެ ރައީސްކަމުގެ ހުވާ ކުރައްވާއިރު އިންތިހާބާއި ގުޅޭގޮތުން ހުރި މައްސަލަތައް ބަލަން ޖެހޭ ކަމަށެވެ. އަދި އެކަން ނުނިމެނީސް ރައީސް ކަމުގެ ހުވާ ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ސިއްދީގު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނަ ވާހަކަތަކެއް ދެކެވިއްޖެ. އަދި އަޅުގަނޑުމެންނަށް ވަރަށް ގިނަ ވާހަކަތަކެއް އަޑު އިވިއްޖެ. އެހެންވީމަ ހަގީގަތުގައި އަޅުގަނޑުމެންނަށް އެބަޖެހޭ ޖަވާބުތަކެއް ލިބެން. މި ޖަވާބުތަށް ލިބެންދެން އަޅުގަނޑުމެން ގޮވާލަން އިބްރާހިމް މުހައްމަދު ސޯލިހު ރައީސް ކަމުގެ ހުވައިކުރެއްވުން މަޑުކޮށްލެއްވުމަށް" ސިއްދީގު ވިދާޅުވިއެވެ.
ސިއްދީގު އިތުރަށް ވިދާޅުވީ ދައުލަތުގެ އިދާރާއެއްގައި ހުރި އިސް މީހަކު ތިމަންނައަށް ރިޝްވަތު ހުށައެޅިއޭ ބުނާ ކަމަށް ވާނަމަ އެ ހުށައެޅި މީހަކު އެބޭފުޅުން އާންމު ރައްޔިތުންނަށް ބުނެދޭން ޖެހޭ ކަމަށެވެ.
" ތިބޭފުޅުން އިލެކްޝަން ކޮމިޝަނުގެ މެންބަރުން ކައިރިން އައްސަވާ އިބްތިހާބުގެ ނަތީޖާ ބަދަލު ކޮށްލުމަށްޓަކާ 2 މިލިއަން ޑޮލަރު ހުށައެޅިކަމަށް. އެއްވެސް ބޭފުޅެއް ކައިރީ ދެނެވިން ތޯ އޭ. މިއީ ބޮޑު މައްސަލައެއް. ރިޝްވަތު ހުށަހެޅިއްޖެ ކަމަށް ވާނަމަ އެއީ ތަހުގީގު ކުރެވެންޖެހޭ ވަރުގެ މައްސަލައެއް" ސިއްދީގް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބު އޮޅުވާލާފައިވާކަމަށް ބުނެ ވެރިކަން ކުރާ ޕާޓީ ޕީޕީއެމް އިން ރޭ ވަނީ އިލެކްޝަން ކޮމިޝަނުގެ މެންބަރުގެ އިސްތިއުފާއަށް ގޮވާލައި ރޭ މާލޭގައި މުޒާހަރާކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވޭ އިރު އެތުހުމަތުތަކަށް ބާރު ލިބޭ އޯޑިއޯއެއް އިއްޔެ ވަނީ މީސް މީޑިއާގައި ލީކް ކޮށްލާފައެވެ. ލީކް ކޮށްލާފައިވާ އޯޑިއޯގައި ވާހަކަ ދައްކަވަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފާއި އެހެން މީހެކެވެ.
ރޭ ޕީޕީއެމް އިން ބޭއްވި މުޒާހަރާގައި ބައިވެރިވެޑައިގެން ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މިހާރު ލަފާކުރެވޭ ގޮތުގައި 96000 ވޯޓަކީ އެމަނިކުފާނަށް ލިބުނު މިނިމަމް ވޯޓްގެ އަދަދު ކަމަށެވެ. ނަމަވެސް އަދިވެސް އިންތިޚާބުގެ ނަތީޖާ ގަބޫލު ކުރައްވާ ކަމަށެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ލިބެންދެން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން ޖެހޭ ކަމަށެވެ.
ޕީޕީއެމް އިން ރޭ މާލޭގައި މުޒާހަރާ ކޮށްފައިވާއިރު މިރޭ ވެސް ޕީޕީއެމް އިން ވަނީ އެޕާޓީގެ އޮފީސް ކުރިމަތީ މުޒާހަރާ ކުރިއަށް ދާނެ ކަމަށް އިއުލާން ކޮށްފައެވެ.
އިބޫ ހުވާކުރެއްވުން މަޑުކޮށްލަން ޕީޕީއެމް އިން ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ