ރާއްޖެއިން މިއަހަރު ޙައްޖަށްދާ މީހުން ފުރާ ތާރީޚުތައް ކަނޑައަޅައިފިއެވެ. ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް 4 ފްލައިޓް ބާއްވައެވެ.
މިދިޔަ އަހަރުން ފަށައިގެން، ރާއްޖެއިން ޙައްޖަށް ދާ މީހުން ގެންދިއުމަށް ނިންމާފައިވަނީ، %50 މީހުން ސަޢުދީ އަރަބިއްޔާގެ ސަޢުދިއާ އެއާލައިން އަދި %50 މީހުން ރާއްޖޭގެ ޤައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓުގައެވެ.
ފްލައިޓް 1 - 15 މޭ - 242 މީހުން
ފްލައިޓް 2 - 17 މޭ – 250 މީހުން
ފްލައިޓް 3 - 18 މޭ – 243 މީހުން
ފްލައިޓް 4 - 19 މޭ – 250 މީހުން
މޭ 5 އަދި 8ގައި ދަތުރުކުރާ މީހުން ދަތުރުކުރާނީ، ސައުދިއާ އެއާލައިންގެ ފްލައިޓުތަކުގައެވެ. އަދި މޭ 17 އަދި 19ވަނަ ދުވަހު ދަތުރުކުރާ މީހުން ކުރާނީ، މޯލްޑިވިއަންގެ ފްލައިޓުގައެވެ.
ފްލައިޓް 1 - 5 ޖޫން - 242 މީހުން
ފްލައިޓް 2 - 7 ޖޫން – 250 މީހުން
ފްލައިޓް 3 - 8 ޖޫން – 243 މީހުން
ފްލައިޓް 4 - 9 ޖޫން – 250 މީހުން
5 އަދި 8 ޖޫންގައި ދަތުރުކުރާ މީހުން ދަތުރު ކުރާނީ، ސައުދިއާ އެއާލައިންގައެވެ. 7 އަދި 9 ޖޫންގައި ރާއްޖެ އަންނަ މީހުން އަންނާނީ، މޯލްޑިވިއަންގެ ފްލައިޓުގައެވެ.
ޙާޖީން ފުރަން ހަމަޖެހިފަވާ ތާރީޚުތައް ޙައްޖު ކޯޕަރޭޝަންއިން އެފަރާތްތަކަށް އަންގަމުންދާނެއެވެ.
ރާއްޖެއިން ޙައްޖަށްގެންދާ ޙައްޖާޖީންގެ %50 ސައުދީ އެއާލައިންގައި ގެންދިއުމަށް އެ އެއާލައިނާއި، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާ ދެމެދު އެއްބަސްވުން ޤާއިމުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު، ސަޢުދި ޢަރަބިއްޔާގެ ޖިއްދާގައި ކުރިއަށްދިޔަ ޙައްޖު ކޮންފަރެންސް އެންޑް އެގްޒިބިޝަން 2025ގެ ތެރެއިންނެވެ.
ޙައްޖުގެ ތައްޔާރީތައް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ޙައްޖު މިޝަން އަދި ކޯޕަރޭޝަން ގުޅިގެން އަންނަނީ، ކުރިއަށް ގެންދަމުންނެވެ. މިއަހަރުގެ އަރަފާތު ދުވަހަކީ، މީލާދީ ތާރީޚުން ބަލާއިރު މޭ މަހުގެ 26ވަނަ ދުވަހެވެ.
ރާއްޖެއަށް ޙައްޖަށް މީހުން ގެންދިއުމަށް ކޮންމެ އަހަރަކުވެސް ލިބެނީ، 1000 ކޯޓާއެވެ. ޙާޖީންނާއި، ޙާޖީންގެ ޚިދުމަތުގައި ކަމާއި ގުޅުންހުރި އިދާރާތަކުން ދަތުރު ކުރާ ފަރާތްތައްވެސް ދަތުރު ކުރަނީ މި ކޯޓާގެ ތެރެއިންނެވެ.
ޙައްޖުގެ ފަހުގެ ތައްޔާރީތަކަށް ޙައްޖު މިޝަން ފުރުމަށް ހަމަޖެހިފައިވަނީ، މޭ 4ވަނަ ދުވަހުއެވެ.
މިއަހަރު ރާއްޖެއިން ޙައްޖަށްދާ މީހުންގެ ފުރަތަމަ ފްލައިޓް މޭ 15ގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ