އިއްޔެގެ ވަގުތެއްގައި މާފުށީ ޖަލުން ދެ ގައިދީޔަކު ފިލާފައިވާ އިރު އެއީ ޖަލުގެ ކަންކަން ރަނގަޅު ކުރުމަށް ލިބުނު ފުރުސަތެއްކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވި އެވެ.
މިނިސްޓަރު އުމަރު މިއަދު ކޮށްފައިވާ ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ކޮންމެ ގައިދީއެއް ފިލުމަކީ ޖަލު ބަލަހައްޓާ މީހުންނަށް ޖަލުގައި ހުރި ބާގަނޑުތައް ދެނެގަނެ އެކަންކަން ހައްލު ކުރުމަށް ލިބޭ ފުރުސަތެއް ކަމަށެވެ. އަދި ޖަލުން ފިލާފަވާ ގައިދީން ހޯދަމުންދާ އިރު ޖަލުގައި ހުރި މައްސަލަތައް ދެނެގަނެ އެ މައްސަލަތައް ރަނގަޅުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް މިނިސްޓަރު އުމަރު ވިދާޅުވި އެވެ.Every prison escape is an opportunity for Prison Officers to identify the loop holes and improve the system while we hunt them down.— Umar Naseer (@UmarNaseerPPM) October 18, 2014
މާފުށީ ޖަލުގެ ތޭރިތައް ކީހާލައިގެން ފިލި ދެ ގައިދީން ކަމަށްވާ ގ. ކޯޒީ އިބްރާޙީމް ޝަހްމު އާދަމް،23، އާއި ގއ. މާމެންދޫ، ޖަވާހިރުވާދީ ފަރިޔާޝް އަޙްމަދު، 26، ހޯދުމުގެ މަސައްކަތް ކޯސްޓްގާޑާ ގުޅިގެން ކަނޑުގެ ސަރަހައްދު ބެލުމުގެ މަަސައްކަތް ފުލުހުން މިހާރު ވަނީ ފަށައިފަ އެވެ.
އެ ދެމީހުން ޖަލުގެ ތޭރިތައް ކީހައިލައިގެން ރޭ ފިލިކަން އެނގުނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޖަލުގައި އެމީހުން ތިބޭ ގޮޅި ބަލައި ފާސްކުރުމުން ކަމަށް ފުލުހުން ބުންޏެވެ.
އެ ދެ މީހުންގެ ތެރެއިން ޝަހުމް އަކީ ޓެރަރިޒަމްގެ ކުށް ސާބިތުވެ ކްރިމިނަލް ކޯޓުން އުމުރަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވާ މީހެކެވެ
މިއީ ޖަލުގެ ކަންކަން ރަނގަޅު ކުރުމަށް ލިބުނު ފުރުސަތެއް: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ