ސީއެސްސީގެ މެމްބަރު ކަމަށް އާމިރާ އައްޔަންކުރުމަށް މަޖިލީހުން ފާސްކޮށްފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެމްބަރު ކަމަށް ފާތިމަތު އާމިރާ އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
އާމިރާ އައްޔަންކުރުމަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 71 މެމްބަރުންގެ އިއްތިފާގުންނެވެ.
ސީއެސްސީގެ ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލުމުން 22 މީހަކު ވަނީ ކުރިމަތިލައިފައެވެ. އޭގެ ތެރެއިން 14 މީހަކު ޝަރުތު ހަމަވާ އިރު، ޝަރުތު ހަމަވާ މީހުންނާ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސާތަކާ ބެހޭ ކޮމެޓީން އިންޓަވިއުކޮށް، އެންމެ ގިނަ މާކުސް ހޯދާފައިވަނީ ސީއެޗްއެސްސީގެ ކުރީގެ ޕްރިންސިޕަލް އާމިރާއެވެ.
ސީއެސްސީގެ މެންބަރު ކަމަށް ފާސްވި ތިން ފަރާތުގެ ތެރޭގައި އާމިރާއަށް 87 މާކްސް ލިބިފައިވާ އިރު، ތ. ހިރިލަންދޫ، ލިލީގޭ އަބްދުއްރަހީމް ހަސަނަށް 83.4 މާކްސް، އަދި މ. ވެލަގަލި މުހައްމަދު މާހިދު ޝަރީފަށް 79.5 މާކްސް ލިބިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ