ރިޔާސީ އިންތިހާބުގެ ހުރިހާ ކަމެއް ގެންދިޔައީ ގާނޫނީ އިމުގެ ތެރެއިން ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް ވިދާޅުވެއްޖެ އެވެ.
އިންތިހާބު އިލެކްޝަންސް ކޮމިޝަނުން އޮޅުވާލާފައިވާ ކަމަށްބުނެ ދެކެވޭ ވާހަކަތައް ރައްދު ދެއްވަމުން އަކުރަމް ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ހުރިހާ ކަމެއްވެސް ގެންދިޔައީ، މާތްﷲގެ ވާގިފުޅާއެކު ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ.
އިރާދަ ކުރެއްވިއްޔާ ދުވަހަކުވެސް ކަޅު ފައިސާއާއި ނުފޫޒުގައި ނުޖެހޭނެ ކަމަށާއި، އަދި ގާނޫނާއި ހިލާފުވެސް ނުވާނެ ކަމަށް އަކުރަމްގެ ޓުވީޓްގައި ވަނީ ވިދާޅުވެފަ އެވެ.
އަކުރަމް ކުރައްވާފައިވާ ޓުވީޓް
ރިޔާސީ އިންތިހާބު އިލެކްޝަންސް ކޮމިޝަނުން އޮޅުވާލާފައިވާ ކަމަށްބުނެ، ޕީޕީއެމްއަށް ތާއިދު ކުރާ ބައެއް ފަރާތްތަކުން ގެންދަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، އީސީއަށާއި، އީސީގެ މެމްބަރުންނަށް ފާޑު ކިޔަމުންނެވެ. މީގެ އިތުރުން އީސީގެ ރައީސް އަހުމަދު ޝަރީފް ހައްޔަރުކޮށް، އެކަން ތަހުގީގު ކުރުމަށްވެސް ޕީޕީއެމްއަށް ތާއިދުކުރާ ބައެއް ފަރާތްތަކުން ގެންދަނީ ސޯޝަލް މީޑިއާގައި ގޮވާލަމުންނެވެ.
މީގެ އިތުރުން ރައީސް އަބުދުﷲ ޔާމީންވެސް ވަނީ އީސީން އިންތިހާބު އޮޅުވާލާފައިވާ ކަމަށްބުނެ ޕީޕީއެމްއިން ބާއްވާފައިވާ އެއްވުމެއްގައި ބައިވެރިވެ ވާހަކަފުޅު ދައްކަވާފަ އެވެ.
އިންތިހާބުގެ ހުރިހާކަމެއް ގެންދިޔައީ ގަނޫނީ އިމުގެ ތެރެއިން: އީސީ މެމްބަރު އަކުރަމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ