މާދަމާ ވެސް ކަރަންޓު ސަބްސިޑީ ފޯމް ބަލައިގަންނާނަން: އެންސްޕާ
މާދަމައަކީ ރަސްމީ ބަންދު ދުވަހަކަށް ވިޔަސް، ކަރަންޓު ސަބްސިޑީ އަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނަ ގޮތަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ނިންމައިފި އެވެ. އެ އޭޖެންސީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ މާދަމާ އެ ތަނުން ސަބްސިޑީ ފޯމު ބަލައިގަންނާނީ މެންދުރުފަހު 3:00 އިން 6:00 އަށް ކަމަށެވެ. ފޯމު ހުށަހަޅެމުގެ މުއްދަތު އަންނަ ހޮނިހިރުދުވަހު ހަމަވާނެ އެވެ. އެހެންކަމުން ހުކުރުދުވަހު ފޯމު ބަލައިގަންނަން ނިންމީ ވީހާ ވެސް ލުއި ފަސޭހަކޮށް ހިދުމަތް ދިނުމުގެ ބޭނުމުގައި ކަމަށް އެންސްޕާ އިން ބުންޏެވެ. އެދުނު ކޮންމެ މީހަކަށް ކުރިން ދެމުން އައި ކަރަންޓް ސަބްސިޑީ އަށް އަލުން އެދުމުގެ ފުރުސަތު ހުޅުވާލީ ފެބުރުއަރީ 10ގަ އެވެ. އަދި ފޯމު ހުށަހެޅުމުގެ މުއްދަތު ވަނީ އެއް މަސް ދުވަހަށް އިތުރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ