ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރާ ހިލާފަށް އެއްވެސް ފަރާތަކުން އެއްވެސް އަމަލެއް ހިންގާ ނަމަ އެކަން ވަގުތުން ހުއްޓުވަން ސަލާމަތީ ބާރުތަކުގެ މައްޗަށް ސުޕްރީމް ކޯޓުން ރޭ ކުރި އަމުރާ ގުޅިގެން މާދަމާ އިންތިޚާބުގެ އެއްވެސް މަސައްކަތެއް އެއްވެސް ރަށެއްގެ އެއްވެސް ސްކޫލެއްގައި ނުކުރެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ރާއްޖޭގެ ހުރިހާ ސްކޫލަކަށް އަންގައިފި އެވެ.
މި އެއްގުން ހުރިހާ ސްކޫލްތަކަކަށް އަންގާފައިވަނީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާމިނަތު އަލީ ސޮއި ކުރައްވާ މިއަދު އެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ސްޓޭޓް މިނިސްޓަރު އާމިނަތު އަލީ ވިދާޅުވީ، އެ އެންގުމަކީ ސުޕްރީމް ކޯޓުގެ އަމުރަށް އިހުތިރާމް ކުރުމުގެ ގޮތުން އެންގި އެންގުމެއް ކަމަށާއި، މި އެންގުމަށް ސުޕްރީމް ކޯޓުން ވަކި ގޮތަކަށް ނިންމަންދެން އަމަލު ކުރަންޖެހޭނެ ކަމަށެވެ. އަދި ސުޕްރީމް ކޯޓުން އަމުރު ނެރުމުގެ ކުރިން އިލެކްޝަނުގެ މަސައްކަތެއް ކުރިޔަށް ގެންދިއުމަށް ސްކޫލެއް ދޫކޮށްފައިވާނަމަ އެ މަސައްކަތްތައް ހުއްޓާލުމަށް ވެސް އަންގާފައިވާނެ ކަމަށް އާމިނަތު އަލީ ވިދާޅުވި އެވެ.
"މި އެންގުމަކީ އަޅުގަނޑުމެން ސުޕްރީމް ކޯޓުގެ އަމުރަށް އިހުތިރާމް ކުރުމުގެ ގޮތުން އެންގި އެންގުމެއް. އެއްވެސް ހާލެއްގައި އިންތިޚާބު ބޭއްވުމަށް ހުރަސްއެޅުމަކަށް. ކޯޓުން ވަކި ގޮތަކަށް އެންގުމުން ސްކޫލްތައް ދޫކުރާނަން އިންތިޚާބުގެ ކަންކަމަށް،" އާމިނަތު އަލީ ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ މި އަމުރާ ގުޅީގެން އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިޚާބުގެ ތައްޔާރީތަކަށް ކުރަމުން ގެންދި ހުރިހާ މަސައްކަތެއް ހުއްޓާލާފައިވާ ބުނެފައި އެވެ.
އަދި ސަރުކާރުންވަނީ ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމާ ދެކޮޅަށް މަސައްކަތް ކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފައި އެވެ.
ކޯޓުން ގޮތެއް ނުނިންމަނީސް އިންތިހާބުގެ ކަންކަން ސްކޫލްތަކުގައި ނުކުރެވޭނެ: އެޑިއުކޭޝަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ