ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމާ އަބްދުﷲ ދީދީ ހަވާލުވެވަޑައިގެންފި
ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމާ އަބްދުﷲ ދީދީ މިއަދު ހަވާލުވެވަޑައިގެންފި އެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ފަނޑިޔާރު ދީދީއާ މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ އެ ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު ފައިސަލެވެ. ޖޭއެސްސީގެ މެންބަރުންނާ ހައި ކޯޓުގެ ފަނޑިޔާރުން ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖޭއެސްސީގެ ނައިބު ރައީސް ފައިސަލް ވަނީ ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވި އަބްދުﷲ ދީދީ އަށް މަރުހަބާ ވިދާޅުވެފަ އެވެ. ފައިސަލް ވިދާޅުވީ ގާނޫނުން ހަވާލުކުރެވިފައި އޮތް މަސައްކަތް އޭގެ އެންމެ ފުރިހަމަ ގޮތުގައި މަސައްކަތް ކޮށްދެއްވުމަށް އަބްދުﷲ ދީދީ އަށާއި ހައި ކޯޓުގެ ފަނޑިޔާރުންގެ އަރިހުން އެދިވަޑައިގަންނަވާ ކަމަށެވެ. ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ދީދީ އައްޔަން ކުރަން ޖޭއެސްސީން ނިންމީ މިދިޔަ ބުރާސްފަތި ދ ު ވ ަ ހ ު އ ެ ކ ޮ މ ި ޝ ަ ނ ު ގ ަ އ ި ނ ެ ގ ި ސ ި އ ް ރ ު ވ ޯ ޓ ަ ކ ު ނ ް ނ ެ ވ ެ . މިދިޔަ ޖޫން މަހު ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރި އަބްދުﷲ ދީދީ އަކީ ކުރިން ކްރިމިނަލް ކޯޓުގެ ގާޒީއެކެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ ކްރިމިނަލް ކޯޓުގައި ބެލި ތިން ފަނޑިޔާރުންގެ ތެރެއިން އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ވެސް އޭނާ އެވެ. ހައި ކޯޓުގެ އިސް ފަނޑިޔާރުކަމުގެ މަގާމު ހުސްވީ އެ ކޯޓުގެ އިސް ފަނޑިޔާރަކަށް އެންމެ ފަހުން ހުންނެވި އަހުމަދު ޝަރީފް އަލީގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވުމުން އޭނާ ޖުވެނައިލް ކޯޓަށް ބަދަލު ކުރުމުންނެވެ. އޭނާ 2013 ގައި ޖުވެނައިލް ކޯޓަށް ބަދަލު ކުރުމުން އޭގެ ފަހުން މިއަދާ ހަމަ އަށް ވެސް އެ ކޯޓު ހިންގަމުން އައީ އެ ކޯޓުގެ އެކި ފަނޑިޔާރުންނާ ހަވާލުކޮށްގެނެވެ. އެންމެ ފަހުން އެ ކޯޓު ހިންގުމާ ހަވާލުވެ ހުންނެވީ ފަނޑިޔާރު އަލީ ސަމީރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ