ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބުދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލާގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އެދުމުގެ މަތިން ހިއުމަން ރައިޓްސް ކޮމިޝަނުން ކުރިއަށް ގެންދިޔަ ތަހުގީގު ނިންމުމަށްފަހު މައްސަލަ ނިންމި ގޮތުގެ ރިޕޯޓް އެއޮފީހަށް ފޮނުވައިފިއެވެ.
ޕީޖީ އޮފީހަށް އެޗްއާރސިއެމްގެ ރިޕޯޓު ލިބިފައިވާކަން ޕީޖީ އޮފީހުންވެސް ކަށަވަރުކޮއްދެއެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެމައްސަލަ ނިންމި ގޮތުގެ ރިޕޯޓް ފޮނުވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށާއި، ރިޕޯޓާ އެކު އިތުރު މައްސަލައެއް ވެސް ރިޕޯޓެއް ވެސް ހުށަހަޅާފައި ނުވާ ކަމަށެވެ.
ޕީޖީ އޮފީހުގެ އޮފިޝަލް ވިދާޅުވީ އެޗްއާރސިއެމްގެ ރިޕޯޓް ޕީޖީ އޮފީހުން މިހާރު ދިރާސާ ކުރަމުންދާ ކަމަށާއި، ރިޕޯޓު ދިރާސާ ކުރުމަށްފަހު އެމައްސަލާގައި އެއްވެސް ފަރާތެއްގެ މައްޗަށް ދައުވާ ކުރަން ޖެހިއްޖެ ނަމަ އެމަސައްކަތް ކުރާނެ ކަމަށެވެ.
"ޕީޖީ އޮފީހުން އެބޭފުޅުންގެ ރިޕޯޓް ފޮނުވާފަ މިއޮތީ، ދެން އަޅުގަނޑުމެން ދިރާސާ ކުރުމަށްފަހު، އެއްވެސް ފަރާތަކައި މެދު ދައުވާ ކުރަން ޖެހިއްޖެ ނަމަ އެޗްއާރސީއެމަށް އަންގާނަން، އަދި އެޗްއާރސީއެމްގައި ހުރި ހެކިތަކާ އެކު ދައުވާ ކުރުމުގެ ކަންތައްތައް ކުރާނެ" ޕީޖީގެ އޮފިޝަލް ވިދާޅުވިއެވެ. މިމައްސަލައާއި ގުޅިގެން އެޗްއާރސީއެމްގެ ބަހެއް އަދިވަނީ ލިބޭ ގޮތް ނުވެފައެވެ.
އަބުދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައިގައި އެޗްއާރސީއެމްގެ ރިޕޯޓް ޕީޖީ އޮފީހަށް ފޮނުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ