އެމެރިކާގެ ރިޔާސީ އިންތިހާބް މިހާރުގެ ރައީސް ބަރަކް އޮބާމާ ކާމިޔާބްކޮށްފި

09:32 އެމެރިކާރެ ރިޔާސީ އިންތިހާބް މިހާރުގެ ރައީސް ބަރަކް އޮމާބާ ކާމިޔާބްކުރައްވައިފި. އޮބާމައަށް މިހާރުވަނީ 275 އިލެކްޓޯރަލް ކޮލެޖްގެ ވޯޓް ލިބިފަ. ރޮމްނީ އަދިވެސްވަނީ 203 އިލެކްޓޯރަލް ކޮލެޖްގެ ވޯޓާއި އެކު އޮބާމާއަށްވުރެ ފަހަތުގަ.
09:22 އޮބާމައަށް މިހާރުވަނީ 251 އިލެކްޓޯރަލް ކޮލެޖްގެ ވޯޓް ލިބިފަ. އިންތިހާބް ކާމިޔާބްކުރުމަށް އިތުރަށް ބޭނުންވަނީ 19 އިލެކްޓޯރެލް ވޯޓް. ރޮމްނީ އަދިވެސްވަނީ 203 އިލެކްޓޯރަލް ކޮލެޖްގެ ވޯޓާއި އެކު އޮބާމާއަށްވުރެ ފަހަތުގަ. އިންތިހާބް ކާމިޔާބް ކުރުމަށް ރޮމްނީއަށް އަދި 67 އިލެކްޓޯރަލް ވޯޓް ބޭނުންވާނެ
09:16 އޮބާމާ މިހާތަނަށްވަނީ 244 އިލެކްޓޯރަލް ވޯޓް އޮބާމާއަށް ލިބިވަޑައިގެންފަ. އެންމެ ގާތުން ވާދަކުރާ ރިބަޕްލިކަން ކެނޑިޑޭޓް މިޓް ރޮމްނީއަށް ލިބިވަޑައިގެންފައިވަނީ 203 އިލެކްޓޯރަލް ވޯޓެވެ. ވައިޓް ހައުސްގައި އެއްދައުރު ފުރިހަމަކުރުމަށް އޮބާމާއަށް އިތުރަށް ބޭނުންވަނީ 26 އިލެކްޓޯރަލް ވޯޓެވެ. އަދި ވައިޓް ހައުސްއަށް ވަނުމަށް ރޮމްނީއަށް މިހާރު ބޭނުންވަނީ 67 އިލެކްޓޯރަލް ވޯޓް ބޭނުންވާނެއެވެ.
09:06 އެމެރިކާގެ 51 ސްޓޭޓެއްގައި ވޯޓްލުން ކުރިއަށް ގެންގޮސްފައިވާއިރު މިހާތަނަށް 41 ސްޓޭޓެއްގެ ވޯޓްވަނީ ގުނާ ނިމިފައެވެ. އޮބާމާ މިހާތަނަށްވަނީ 244 އިލެކްޓޯރަލް ވޯޓް ކަށަވަރުކުރައްވާފައެވެ. އޮބާމާއާއި އެންމެ ގަތުން ވާދަކުރާ ރިބަޕްލިކަން ކެނޑިޑޭޓް މިޓް ރޮމްނީއަށް ލިބިވަޑައިގެންފައިވަނީ 188 އިލެކްޓޯރަލް ވޯޓެވެ. ވައިޓް ހައުސްގައި އެއްދައުރު ފުރިހަމަކުރުމަށް އޮބާމާއަށް އިތުރަށް ބޭނުންވަނީ 26 އިލެކްޓޯރަލް ވޯޓެވެ. އަދި ވައިޓް ހައުސްއަށް ވަނުމަށް ރޮމްނީއަށް މިހާރު ބޭނުންވަނީ 82 އިލެކްޓޯރަލް ވޯޓް ބޭނުންވާނެއެވެ.
08:54 އިއްޔެއިން ފެށިގެން ކުރިއަށްދާ އެމެރިކާގެ ރިޔާސީ އިންތިހާބްގައި މިހާތަނަށް ގުނުނު ވޯޓުން މިހާރުގެ ރައީސް އަދި ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑެޓް ބަރަކް އޮބާމާ ކުރި ހޯއްދަވައިފިއެވެ.
މިއިންތިހާބް ކާމިޔާބުކޮށް ވައިޓް ހައުސްއަށް ވަނުމަށް 270 އިލެކްޓޯރަލް ކޮލެޖްގެ ވޯޓް ބޭނުންވާއިރު އޮބާމާ މިހާތަނަށްވަނީ 173 އިލެކްޓޯރަލް ވޯޓް ކަށަވަރުކުރައްވާފައެވެ. އޮބާމާއާއި އެންމެ ގަތުން ވާދަކުރާ ރިބަޕްލިކަން ކެނޑިޑޭޓް މިޓް ރޮމްނީއަށް ލިބިވަޑައިގެންފައިވަނީ 163 އިލެކްޓޯރަލް ވޯޓެވެ. ވައިޓް ހައުސްގައި އެއްދައުރު ފުރިހަމަކުރުމަށް އޮބާމާއަށް އިތުރަށް ބޭނުންވަނީ 97 އިލެކްޓޯރަލް ވޯޓެވެ. އަދި ވައިޓް ހައުސްއަށް ވަނުމަށް ރޮމްނީއަށް މިހާރު ބޭނުންވަނީ 107 އިލެކްޓޯރަލް ވޯޓް ބޭނުންވާނެއެވެ.
ނަމަވެސް މިހާތަނަށް ގުނިފައިވާ ޖުމްލަ ވޯޓަށް ބަލާއިރު ރޮމްނީ އުޅުއްވަނީ ކުރީގައެވެ. ޖުމްލަ ވޯޓްގެ 50.6 އިންސައްތަ ރޮމްނީ ހިއްސާކުރައްވާއިރު އޮބާމާއަށް ލިބިފައިވަނީ 48.1 އިންސައްތައެވެ. އެމެރިކާގެ 51 ސްޓޭޓެއްގައި ވޯޓްލުން ކުރިއަށް ގެންގޮސްފައިވާއިރު މިހާތަނަށް 36 ސްޓޭޓެއްގެ ވޯޓްވަނީ ގުނާ ނިމިފައެވެ.
ސެނެޓްގެ 100 ގޮނޑިއަށް ބަލާއިރުވެސް ޑިމޮކްރޭޓުން އުޅެނީ ކުރީގައެވެ. ސެނެޓްގެ 44 ގޮނޑި ޑިމޮކްރޭޓުންނަށް ލިބިފައިވާއިރު ރިޕަބްލިކަނުން ހިއްސާކުރަނީ 42 ގޮނޑިއެވެ. ނަމަވެސް ހައުސް އޮފް ރެޕްރެޒެންޓޭޓިވްގެ ގިނަ ޝީޓްތައް މިބިފައިވަނީ ރިޕަބްލިކަނުންނަށެވެ. 435 ޝީޓްގެ ތެރެއިން 151 ޝީޓް ރޮމްނީގެ ރިޕަބްލިކަނުން ކަށަވަރުކޮށްފައިވާއިރު އޮބާމާގެ ޑިމޮކްރޭޓުންނަށް ލިބިފައިވަނީ 88 ގޮނޑިއެވެ.
މިހާތަނަށް ނަތީޖާތައް ދައްކާގޮތުން ރިޔާސީ އިންތިހާބް ކާމިޔާބު ކުރުމުގެ ފުރުސަތު ރޮމްނީއަށްވެސް އަދި އޮބާމާއަށްވެސް އޮތްކަމަށް މުރާސިލުންބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ