މައާފަށް އެދެން ޖެހޭ ވަރުގެ ކަމެއް އުމަރު ނުކުރައްވާ: މާޒް ސަލީމު

ޕީޕީއެމްގެ ޕްރައިމަރީގައި މައާފަށް އެދެން ޖެހޭ ވަރުގެ ކަމެއް އުމަރު ނަސީރު ކުރެއްވި ކަމަށް ގަބޫލު ނުކުރާ ކަމަށް އޭނާގެ ކެމްޕޭން ޓީމުން ބުނެފިއެވެ.
އުމަރުގެ ކެމްޕޭން ޓީމުގެ މެނޭޖަރު މާޒް ސަލީމު ވިދާޅުވީ އުމަރު މައާފަށް އެދެން ޖެހޭ ވަރުގެ ކަމެއް ނުކުރާ ކަމަށާއި މައާފަށް އެދެން ޖެހޭނީ ޕްރައިމަރީގައި އޮޅުވާލި ފަރާތްތައް ކަމަށެވެ.
އުމަރު މައާފަށް އެދެން ޖެހޭ ކަމަށް ގަބޫލު ނުކުރާ ކަމަށް ސަލީމު ވިދާޅުވި އިރު އުމަރު ވިދާޅުވީ ކޮމެންޓެއް ކުރައްވަން ބޭނުން ނުވާ ކަމަށެވެ.
މައާފަށް އެދުމަށް އުމަރަށްދީފައިވާ މުހުލަތު ޕީޕީއެމުން މިއަދުވަނީ އިތުރުކޮށްފައެވެ. އަދި މައާފަށް ނޭދިއްޖެނަމަ އެމައްސަލަ ސުލޫކީ ކޮމިޓީއަށް ފޮނުވުމަށް ވެސްވަނީ ނިންމާފައެވެ.
ޕްރައިމަރީގައި މަކަރު ހަދާ އޮޅުވާލާފައިވާ ކަމަށް އުމަރުވަނީ ތުހުމަތު ކުރައްވާފައެވެ. އަދި ޕްރައިމަރީ ކާމިޔާބު ކުރެއްވި އަބުދުﷲ ޔާމީނަށް ވެސް އުމަރު ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ