މާދަމާ ސުޕްރީމް ކޯޓަށް ހާޒިރުވާން އީސީ މެމްބަރުންނަށް އަންގައިފި

ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑި މައްސަލައިގައި އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ސުޕްރީމް ކޯޓަށް ހާޒިރުވާން އެ ކޯޓުން އަންގައިފި އެވެ.
ސްޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ މައްސަލަ ބަލަނީ ކޮމިޝަންގެ ޕްރެސް ކޮންފަރެންސްތަކުގައި ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑޭ ގޮތަށް ވާހަކަ ދައްކަވާތީ އާއި 10،000 މެމްބަރުން ހަމަނުވާ ޕާޓީތައް އުވާނުލަން ކޯޓުން ކުރި ހުކުމާ ޚިލާފަށް އަމަލުކޮށްފައިވާތީއެވެ.
އެ މައްސަލައިގެ އަޑުއެހުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 10:30 ގައެވެ.މީގެކުރިން ވެސް މި މައްސަލައިގެ އަޑު އެހުމެއް ބޭއްވި އެވެ.
އެންމެ ފަހުން އޮތް އަޑުއެހުމުގައި އިލެކްޝަންސް ކޮމިޝަންގެ ހުރިހާ މެންބަރުން ވެސް ވަނީ ތުހުމަތުތަކަށް އިންކާރުކުރައްވައިފަ އެވެ.
އެ މައްސަލަ ބައްލަވަނީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ މަޖިލީހަކުންނެވެ. އެމަޖިލީހުގައި ހިމެނިވަޑައި ގަންނަވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު އާއި ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ އިތުރުން ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އަދި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ