މާލޭގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިއްޖެ

ވެރިރަށް މާލޭގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިއްޖެ އެވެ. ސްޓެލްކޯގެ އިސް އޮފިޝަލަކު ސަން އަށް ވިދާޅުވީ، މާލެއިން ކަރަންޓު ކެނޑިފައި ވަނީ އިންޖީނަކަށް ދިމާވި ޓެކްނިކަލް މައްސަލައަކުން ކަމަށެވެ. އަދި މިހާރު މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، 45 މިނެޓުގެ ތެރޭގައި މައްސަލަ ހައްލުވެގެން ދާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. ސްޓެލްކޯގެ އިންޖީނަކަށް ދިމާވި މައްސަލައަކާ ގުޅިގެން މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑުމުގެ ސަބަބުން، ބައެއް ސަރަހައްދުތަކަށް އިންޓަނެޓް ލިބުމުގައާއި އެހެނިހެން ބައެއް ޚިދުމަތްތަކަށް ވެސް ވަނީ ބުރޫ އަރައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ