މައުމޫންގެ ހުއްދަ ނެތި ކައުންސިލް ނުބާއްވަން އެންގި އެންގުން ސިވިލް ކޯޓުން ހުއްޓުވައިފިއެވެ.
ސިވިލް ކޯޓުގެ އަމުރުގައިވަނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ޕާޓީގެ އަސާސީ ޤަވާޢިދުގެ 37 ވަނަ މާއްދާ އާއި ޚިލާފަށް ޕާޓީގެ އެންމެހާ ގުނަވަންތަކެއް ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. އަދި 39 ވަނަ މާއްދާގައި ބުނާ ޕާޓީގެ ކައުންސިލުގެ ބޭރުން ލަފަ އާއި މަޝްވަރާ ހޯއްދެވުމަށް އެކުލަވާލާފައިވާ މަޝްވަރާ މަޖިލީހަކީ ޕާޓީގެ ކައުންސިލުގެ ރުހުމާއެކު ޕާޓީގެ ރައީސް ޢައްޔަން ކުރަންޖެހޭ މަޖިލީހެއްކަން އަސާސީ ޤަވާޢިދުގެ 39 ވަނަ މާއްދާގެ (ށ)އިން އެނގެން އޮތް އިރު، އެ މަޖިލިސް އުފައްދާފައިވަނީ އެ މާއްދާއާ ޚިލާފަށް ކަމަށެވެ.
ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި އެ މައްސަލާގައި ކޯޓުން އަމުރުކޮށްފައިވަނީ އެ މައްސަލާގައި ކޯޓުން ގޮތެއް ނިންމަންދެން، މައުމޫންގެ އެންގުމަށް އަމަލުކުރުން ފަސްކުރަން އަމުރުކުރާ ކަމަށެވެ.
މައުމޫންގެ އެންގުމަށް އަމަލުކުރުން ފަސްކުރަން ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ