ސައުދާއި މުސްތަފާ އަދި ޝާހު ވަކިކުރުން ދެކޮޅެއް ނުޖެހޭ:ރައީސް މައުމޫން

ތިމަރަފުށި ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާއާއި ތިނަދޫ އުތުރު މެންބަރު ސައުދުﷲ ހިލްމީއާއި، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހު ޕީޕީއެމުން ވަކި ކުރަން ނިންމި ނިންމުމަކީ ދެކޮޅު ޖެހޭ ނިންމުމެއް ނޫން ކަމަށް ޕީޕިއެމްގެ ރައީސް، ރައީސް މައުމޫން އަބްދުލް ގައްޔޫމު ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމްގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން މެންބަރަކު ވަކިވާން އެދޭ ހިސާބުން ފެށިގެން ޕާޓިން ވަކިވާނެ ކަމަށެވެ. މުސްތަފާއާއި ސައުދާއި، ޝާހުވަނީ ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ކުރިން ޕީޕީއެމުން ވަކިވެފައި ކަމަށާއި އެހެންކަމުން އެ މެންބަރުން އަލުން ވަކި ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
PPM ge asāsī qawāidh bunā gothun membaraku vakivān edhey hisābun vakivāne. Miadhu vakikuri kamah ebunā 3 menbarun vanī 13/7/17 ge kurin 1/2
vaki vefa. Vīmā e 3 membarun alun vaki kureveyne gotheh nōnnāne. Eē dhekolhu nujehey vāhakaeh. 2/2
މައުލުމާތު ލިބިފައިވާ ގޮތުގައި މުސްތަފާ އާއި ސައުދުﷲ އަދި އަލީ ޝާހު ޕީޕީއެމުން ވަކިކުރަން ނިންމީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެ ތިން މެންބަރުން ޕާޓީން ވަކިކުރަން ނިންމީ ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފުވެ، ސަރުކާރު ބަދުނާމު ކުރުމަށް މަސައްކަތްކޮށް، ޕާލިމެންޓްރީ ގްރޫޕްގެ ނިންމުންތަކާ ޚިލާފަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުގެ މައްސަލައިގައި ހުށަހެޅި ޕެޓިޝަނުގައި ކޮށްފައިވާ ސޮއިނެގުމަށް ދިން މުއްދަތުގައި އެކަން ކޮށްފައިނުވާ ކަމަށް ވެސް ސުލޫކީ ކޮމެޓީއިން ބުނެ އެވެ.
މަސީހުގެ އިތުބާރު ނެތް ކަމަށް 45 މެންބަރުން ސޮއިކޮށް ހުށަހެޅި ޕެޓިޝަނުގައި މި ތިން މެންބަރުން ވެސް ސޮއިކުރައްވާފައިވެއެވެ. އޭގެ ފަހުން ޕީޕީއެމުން ވަކިވި 10 މެންބަރުންގެ ތެރޭގައި ވެސް މި ތިން މެންބަރުން ހިމެނެ އެވެ.
ޕީޕީއެމްގެ ދަފްތަރުން ނަން އުނިކޮށް ދިނުމަށް އެދި މި ތިން މެންބަރުން ސިޓީ ހުށަހެޅީ ޖުލައި 10 ވަނަ ދުވަހު އެވެ. އެހެން ނަމަވެސް، ސުލޫކީ ކޮމެޓީއަށް އެ މެންބަރުންގެ މައްސަލައެއް ހުށަހެޅިފައިވާ ކަމަށް ބުނެ ޕާޓީއިން ވަކިކޮށްދިނުމަށް ޕީޕީއެމުން ވަނީ ދެކޮޅު ހަދާފަ އެވެ.
ވެރިކަން ކުރާ ޕީޕީއެމުން ވަނީ މީގެ ކުރިން ވެސް ހަތް މެންބަރެއްގެ ގޮނޑި އެގޮތަށް ގެއްލުވާލާފައެވެ. އެއީ ދިއްދޫ މެންބަރު އަބްދުއް ލަތީފު މުހައްމަދާއި މަޑުއްވަރީ މެންބަރު މުހައްމަދު އަމީތާއި، ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދާއި، ވިލިގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިންއާއި، މައްޗަންގޮޅި ދެކުނު މެންބަރު އަބްދުﷲ ސިނާނާއި ދަނގެތީ މެންބަރު އިލްހާމް އަހުމަދާއި، ތިނަދޫ ދެކުނު މެންބަރު އަބްދުﷲ އަހުމަދުގެ ގޮނޑިއެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ