އަބްދުﷲ ރިޔާޒު ފުލުސް އޮފީހަށް ހާޒިރުކުރުން
ބޮޑެތި ތުހުމަތުތަކެއްކޮށް، ކިނބިދޫ ދާއިރާގެ މެންބަރ އަބްދުﷲ ރިޔާޒު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ބަޔާން ނަގައިފިއެވެ.ރިޔާޒުގެ މައްޗަށް ކުރަނީ ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދަން މަސައްކަތްކޮށް ހަގީގަތާ ދެކޮޅު ވާހަކަތައް ދައްކައި ފުލުހުންގެ މުއައްސަސާ ބަދުނާމު ކުރަން މަސައްކަތް ކުރާ ކަމުގެ ތުހުމަތެވެ. އެހެންކަމުން މިއަދު މެންދުރުފަހު 14:00 ގައި އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ބަޔާން ނެގުމަށް ފަަހު ވަނީ ދޫކޮށްލާފައެވެ.ފުލުސް އޮފީހަށް ބަޔާން ދިނުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރިޔާޒް ވިދާޅުވީ އޭނާގެ މައްޗަށް ކުރަނީ ދޮގު ތުހުމަތުތަކެއް ކަމަށާއި އެފަދަ ކަމެއް އޭނާ ނުކުރައްވާ ކަމަށެވެ. އަދި އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަކީ ގާނޫނު އުގޫބާތުގައި ބަޔާންކޮށްފައި ނުވާ ކުށްތައް ކަމަށް ވެސް ވިދާޅުވިއެވެ.ރިޔާޒު ވިދާޅުވީ އޭނާގެ މައްޗަށް ކުރާ ތުހުމަތަކީ ގާނޫނުލް އުގޫބާތުގައި ނުވެސް ނެތް ކުށްތަކުގެ މައްޗަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ