ބްރިޖްގައި ދަބަރު ޖަހައިގެން މިނިސްޓަރު އަސްލަމް ޓެގްކޮށް، މެމްބަރު މުބީން ކުރެއްވި ޓްވީޓަށް ފާޑުކިޔަނީ

ބްރިޖުގައި ދަބަރު ޖަހާފައި ހުރި ފޮޓޯތަކެއްގައި ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމް ޓެގްކޮށް މެމްބަރު އަހްމަދު މުބީން ކުރެއްވި ޓްވީޓަކަށް ގިނަ ބަޔަކު ފާޑުކިޔަމުން އެބަދެއެވެ.
ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން ކުރި ޓްވީޓުގައި ސިނަމާލެ ބްރިޖުގެ ލޭންތައް ވަކިކުރުމަށް ޖަހާފައިވާ ޗެންޗޭނުގައި ދަބަރު ޖަހާފައިވާ ފޮޓޯތަކަކާއެކު މިސަރުކާރުގެ ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ޓެގް ކުރައްވާ މިއީ ކޮންމެ ދުވަހަކު ސާފު ކުރިޔަސް ހައްލުކުރެވޭނެކަމެއް ނޫންކަމަށް ވަނީ ވިދާޅުވެފައެވެ. Dear Hon Minister @AslamAslamtey, miee konmme dhuvahaku saafukuriyas hallu kureveyne kameh nun. Lonuge asarukura thaaku mikahala steel jeheema dhen mikamakah halleh nei. Pls ask them change it to Marin grade 316 SS or something better than that. pic.twitter.com/QPGrnbMJ3q— MP Ahmed Mubeen (@ahmedmubean) December 6, 2018
އަދި ލޮނުގެ އަސަރުކުރާތާކު މިކަހަލަ ސްޓީލް ޖެހީމާ ކަމުނުދާ ކަމަށާއި މެރިން ގްރޭޑް 316ގެ ސްޓީލް ނުވަތަ އެއަށްވުރެ ރަނގަޅު މެޓީރިއަލަކަށް ބަދަލު ކުރުމަށް ކޮންޓްރެކްޓަރުގައި އެދުމަށް މުބީން ލަފާދެއްވި އެވެ.
މިއާއެކު ގިނަ ބަޔަކު ދަނީ ރައީސް ޔާމީންގެ ސަރުކާރުގައި މިފަދަ ވާހަކަ ނުދެއްކެވީ ކީއްވެތޯ މުބީންއާ ސުވާލު އަމާޒުކޮށްފައެވެ. އޭރުގެ ސަރުކާރުން ހިންގާފައިވާ ޕްރޮޖެކްޓްތަކާމެދު މެމްބަރުންނަށް މިއަދު އަޑުއުފުލޭކަމަށް ބުނެ ގިނަ ބަޔަކު ރުޅިވެރިކަން ފާޅުކުރުމުން، ރައްދުގައި ބްރިޖް ހުރި މައްސަލަތައް އިނގޭނީ ބްރިޖު ހުޅުވި ބޭނުންކުރަން ފެށީމާކަމަށް މުބީން ވިދާޅުވި އެވެ. އަދި އެކަން ފާހަގަކުރެވުމުން އެވާހަކަ ދައްކަވާފައިވަނީ މިހާރު އެކަމަށް އެޓެންޑް ކުރެވޭނީ މިއަދުގެ ސަރުކާރަށް ކަމަށް މުބީން ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ސަރުކާރުން ހިންގި އެންމެ ބޮޑު ޕްރޮޖެކްޓް، ސިނަމާލެ ބްރިޖު ހުޅުވިތާ 3 މަހެއްހާދުވަސް ވާން ދާއިރު އެ ބްރިޖުގެ މެއިންޓެނަންސް އަބަދުހެން ކުރަން ޗައިނާގެ މަސައްކަތު މީހުން ދަނީ ބްރިޖުގެ އެކި ހިސާބުތަކުގައި ހަރަކާތްތެރިވަމުންނެވެ.
ސިނަމާލެ ބްރިޖުގެ ލޭންތައް ވަކިކުރުމަށް ޖަހާފައިވާ ޗެންޗޭނުގެ އިތުރުން ބްރިޖުގެ އެކި ދިމަދިމާލުން ދަބަރު ޖަހާފައިވާ ފޮޓޯތަކާއި ބޯލްޓް ފަދަ ތަކެތިން ނަޓު ނެއްޓޭ ކަމަށްބުނެ މީގެ ކުރިންވެސް ގިނަ ބަޔަކު ވަނީ ފޮޓޯ އާއްމުކޮށް ހަދާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ