ކޯލިޝަން އެއްބަސްވުމުގައި ކުރީގެ ރައީސް މައުމޫންގެ ރިފޯމް މޫވްމަންޓުން (އެމްއާރްއެމް) އިން ސޮއި ނުކުރީ ރައްޔިތުން މަޖިލިސްގެ ރައީސް ކަމާއި ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި 25 އިންސައްތަ ދާއިރާ އެމްއާރްއެމް އަށް ދިނުމަށް އެއްބަސްނުވުމުން ކަން އެމްޑީޕީގެ އިސް ބޭފުޅަކު "ވަގުތު" އަށް ކަށަވަރު ކޮށްދެއްވައިފިއެވެ.
އެމްޑީޕީ ވެރިކަމަށް ގެންނަން އެކުލަވާލި އެއްބަސްވުމުގައި މަޖިލީހު ރައީސް ކަން ދޭނީ ޖުމްހޫރީ ޕާޓީގެ މެންބަރަކަށް ކަމަށް ބުނެފައި އޮވެއެވެ. އަދި މަޖިލިސް އިންތިޚާބުގައި އެމްއާރްއެމް އަށް ދިނުމަށް ކަނޑައަޅާފައި ވަނީ 20 އިންސައްތައެވެ.
ހަތަރު ލީޑަރުންގެ ކޯލިޝަން އެއްބަސްވުމުގައި އެމްޑީޕީ، ޖޭޕީ އަދި އަދާލަތުން ސޮއި ކުރިއެވެ. ނަމަވެސް އަދާލަތާއި ޖޭޕީ އިން ވެސް އެއްބަސްވުމުގައި ސޮއި ކުރީ އެއްބަސްވުމުގެ ހުރިހާ ކަަމަކަށް އެއްބަސްވެގެން ނޫންކަމަށް ވެއެވެ.
ޕާޓީތަކުގެ މަޝްވަރާތަކަށް އުފެއްދި "1819" ކޮމިޓީގައި މައުމޫންގެ ފަރާތުން ވަކާލާތު ކުރީ މަޖިލިސް ރައީސް ކަމާއި މަޖިލީހުގެ 25 އިންސައްތަ ގޮނޑި ހޯދުމަށެވެ. ސަރުކާރުގެ މަގާމުތައް ހުރިހާ ޕާޓީއެއްގެ މެދުގައި ހަމަހަމަޔަށް ބަހާލަން ވެސް މައުމޫނުގެ ފަރާތުން ހުށަހެޅިއެވެ. ނަމަވެސް އެހުށަހެޅުމާއި އެމްޑީޕީ އިން ވަނީ ވަރަށް ފާޅުގައި ދެކޮޅު ހަދާފައި ކަމަށް ވެއެވެ.
އެމްޑީޕީ އިން ރޭ ބުނީ މަޖިލިސް އިންތިޚާބުގައި ގޮނޑިތައް ބަހާނެ ގޮތަކާއި ބެހޭ ގޮތުން ކޯލިޝަންގެ ބައިވެރިންގެ މެދުގައި އެއްބަސްވުމެއް ނޯންނާނެ ކަމަށެވެ.
މައުމޫން ސޮއި ނުކުރެއްވީ މަޖިލިސް ރައީސްކަމާއި 25 އިންސައްތަ ނުލިބިގެން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ