ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވާ ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ) އާއި މެދު އެއްވެސް ތަފާތު ކުރުމެއް ނެތި، އެޕާޓީ ރަޖިސްޓްރީ ކުރުމުގެ ކަންކަން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންގޮސްދެއްވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އިލެކްޝަންސް ކޮމިޝަން (އީސީ) ގައި މިއަދު އެދިވަޑައިގެންފި އެވެ.
ގާސިމް މިއަދު ވަނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރު ހަބީބަށް ގުޅުއްވާ ޤާނޫނީ އިމުގެ ތެރެއިން ޕީއެންސީ ރަޖިސްޓްރީ ކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފައެވެ. ގާސިމް ހަބީބަށް ގުޅުއްވީ ކުރީގެ ރައީސް ޔާމީނަށް ތާއިދު ކުރައްވާ ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި އެކު މިއަދު ބައްދަލުވުމެއްގައި އިންނަވައިގެންނެވެ.
"ކޮމިޝަންގެ ރައީސް ޝަރީފް އެ ވަގުތު ފޯނަށް ޖަވާބު ނުދެއްވާ ކަމަށް ވިދާޅުވެ ގާސިމް އަޅުގަނޑަށް ގުޅުއްވީ. ވިދާޅުވީ ޕީއެންސީ ރަޖިސްޓްރީ ނުވެގެން މެމްބަރުންތަކެއް ބައްދަލު ކުރައްވައޭ. އެހެންވެ ސާފުކޮށްލަން ގުޅުއްވީ ކަމަށް،" ހަބީބް ވިދާޅުވި އެވެ.
ޕާޓީ އުފެއްދުމުގެ ޖަލްސާ ބާއްވަން ހުއްދަ ލަސްވަނީ ޕީއެންސީން ހުށަހެޅި ބައެއް ފޯމުގައި ސޮއި ދިމާނުވުމާއި އެޑްރެސް ދިމާނުވުމާއި ޕީއެންސީ އަށް ސޮއިކުރި ކަމަށް ބައެއް މީހުން އިންކާރު ކުރުން ފަދަ މައްސަލަތަކާ ހެދި ކަމަށް ގާސިމަށް ދެންނެވި ކަމަށް ހަބީބް ވިދާޅުވި އެވެ.
"ގާސިމް އެދިވަޑައިގަތީ ތަފާތު ނުކޮށް، ގާނޫނީ އިމުގެ ތެރެއިން ޕީއެންސީ ރަޖިސްޓްރީ ކުރުމުގެ ކަންކަން ކުރިއަށް ގެންގޮސްދެއްވަން،" ހަބީބު ވިދާޅުވި އެވެ.
އީސީ އިން ޕީއެންސީ އާއި މެދު ތަފާތު ކުރުން ގެންގުޅޭތީ ގިނަ ބަޔަކު ގެންދަނީ ޕީއެންސީއަށް ފާޑުކިޔަމުންނެވެ.
ޕީއެންސީގެ ދިފާޢުގައި ގާސިމް އިލެކްޝަނަށް ގުޅުއްވައިފި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ