ގާސިމް އިބްރާހިމް، ޕީޕީއެމް ކޯލިޝަންގެ މަޖިލިސް މެންބަރުންނާއި ބައްދަލުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް ކޯލިޝަން ތަމްސީލް ކުރައްވާ އިދިކޮޅު މެންބަރުންނާއި ބައްދަލު ކުރައްވައިފިއެވެ.
ގާސިމް ބޭއްވި ބައްދަލުވުމުގައި ޕީޕީއެމް ތަމްސީލް ކުރައްވާ މެންބަރުންނާއި، މިހާރު ޕީޕީއެމް އިން ވަކިވެ ޕީއެންސީ އުފައްދަން އިސްކޮށް ހަރަކާތްތެރިވާ އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) އާއި ޕީޕީއެމްގެ ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ނައިބު ލީޑަރު އަދި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު ވެސް ބައިވެރިވިއެވެ.
މިބައްދަލުވުން އޮތީ މިއަދު ރައްޔިތުން މަޖިލީހުގެ އިދާރާގައެވެ.
ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންތައްތަކުގެ ތަފްސީލެއް އަދި ނުލިބެއެވެ.
ނަމަވެސް ބައްދަލުވުމަށް ފަހު ޕީޕީއެމްގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާސިމަށް ޝުކުރު ދަންނަވާ ކަމަށެވެ. އެމަނިކުފާނަކީ އަޑު އައްސަވާ އަދި އަވަސް ހައްލު ހޯއްދަވައި ދެއްވުމުގައި ލާމަސީލު ބޭފުޅެއް ކަމަށް ވެސް ނިހާން ވިދާޅުވިއެވެ.
(ތަފްސީލް އަންނަނީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ