ސުޕްރީމް ކޯޓްގެ އަމުރަށް ބޯލަނބަން އީސީއިން އިލްތިމާސްކޮށްފި

ބާރަ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބުދަ ދުވަހުގެ ރޭ ނެރުނު އަމުރުން ބާތިލްކޮށްފައި ވާތީ، އެ އަމުރަށް ފުރިހަމަޔަށް ބޯލެބުމަށް އެންމެހާ ސިޔާސީ ޕާޓީތަކަށް އިލެކްޝަން ކޮމިޝަނުން އިލްތިމާސްކޮށްފި އެވެ.
އިލެކްޝަން ކޮމިޝަނުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ 3 އޮކްޓޯބަރ 2018 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ބޭއްވި އެ ކޮމިޝަނުގެ 442 ވަނަ ޖަލްސާގައި، މަޖިލީހުގެ 12 މެމްބަަރަކާމެދު ނިންމާފައިވާ ނިންމުންތަކަކީ ބާޠިލް ނިންމުންތަކެއް ކަމަށް ސުޕްރީމް ކޯޓުގެ އަމުރުގައި ކަނޑައަޅާފާތީ އެކޯޓުގެ އަމުރަށް ފުރިހަމައަށް ބޯލަނބާނެ ކަމަށެވެ.
އިލެކްޝަން ކޮމިޝަނުން ބުނީ ސްޕްރީމް ކޯޓު އަމުރުގައިވާ ގޮތަށް އެކަންކަން އެމަގުން ހިންގުމުގައި އިލެކްޝަން ކޮމިޝަނުގެ ފުރިހަމަ ތާއީދާއި އެއްބާރުލުން ދިވެހިރާއްޖޭގެ ސްޕްރިމް ކޯޓަށާއި، ދައުލަތުގެ ކަމާބެހޭ ހުރިހާ މުއައްސަސާތަކަށް ދޭނެކަމުގެ ފުރިހަމަ ޔަގީންކަންދޭ ކަމަށެވެ.އަދި ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން، ހުރިހާ ސިޔާސީ ޕާޓީތަކުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މި އަމުރަށް ބޯލަނބައި، އަމުރާ އެއްގޮތަށް އަމަލުކުރުމަށް އެކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ