ނަސްރުގެ ދުވަހުގެ މިއުޒިކަލް ޑްރިލް ހަވީރު ޖުމްހޫރީ މައިދާނުގައި

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ އެމްއެންޑީއެފްގެ މިއުޒިކަލް ޑްރިލް ޑިސްޕްލޭގެ ހަރަކާތްތައް މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ބާއްވަން ނިންމާފައިވާކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
އާއްމުންނަށް ބަލާލުމުގެ ފުރުސަތު ހުޅުވާލާފައިވާ އެ މިއުޒިކަލް ޑްރިލް ޑިސްޕްލޭ ފަށާނީ މިއަދު ހަވީރު 16:00 ގައެވެ.
މީގެ އިތުރުން މިމަހު 4 ވަނަ ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަޙައްދުގަ، އަދި މިމަހު 05 ވަނަ ދުވަހު ވިލިމާލެ ބަނދަރު ސަރަޙައްދުގައި މިއުޒިކަލް ޑްރިލް ޑިސްޕްލޭގެ ހަރަކާތައް ބާއްވާނެކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. އަދި އެ ދެ ދުވަހު އެހަރަކާތްތައް ފަށާނީ ހަވީރު 17:00 ގައިކަމަށް ވެސް އެމްއެންޑީއެފް އިން ބުނެއެވެ.
މިއުޒިކަލް ޑްރިލް ޑިސްޕްލޭއަކީ އަސްކަރީ ސިފަވަންތަކަމާއި، ސަފުތަކުގެ ބަދަހިކަމާއި އެކުގައި މަސައްކަތްކުރުމުގެ ރޫހު ދައްކުވައިދޭ ހެވިކަމެކެވެ. މިކަމުގައި ކޮމާންޑު ދިނުން ނުހިމެނޭ އިރު، ގެމައިގެ ހުރިހާ ހަރަކާތެއްވެސް ކުރިޔަށް ދަނީ ވަކި ސީކުއެންސެއްގެ ގޮތުގައެވެ.
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި "ވިކްޓްރީ ރަން" ގެ ނަމުގައި މާދަމާ ދުވުމެއް ވެސް ކުރިއަށް ގެންދަން އެމްއެންޑީއެފް އިން ވަނީ ނިންމާފައެވެ. އެމްއެންޑީއެފް އިން ބުނީ އެދުވުން ފެށާނީ މާދަމާ ހެނދުނު 6:00 ގައިކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ