ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ މިއަދު ބައްދަލުކުރައްވައިފި އެވެ. މި ބައްދަލުކުރެއްވުމުގައި، މައުމޫން ރިފޯމް މޫވްމަންޓްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަށް ރައީސް މައުމޫން ތަހުނިޔާ ވިދާޅުވި އެވެ.
ރައީސް މައުމޫންގެ މި ބައްދަލްކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރަށް، މައުމޫން ރިފޯމް މޫވްމަންޓްގެ ފުރިހަމަ އެއްބާރުލެއްވުމާއި ތާއީދު އަބަދުވެސް އޮންނާނެ ކަމުގައި ރައީސް މައުމޫން ވިދާޅުވި އެވެ.
މިބައްދަލުކުރެއްވުމުގައި އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން މިހާރު ކުރިއަށް ގެންދަވާ އެކި ކަންކަމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
ރިޔާސީ އިންތިޚާބުގެ ފަހުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ދެ ފަހަރެއްގެ މަތިން ރައީސް މައުމޫނާ ބައްދަލު ކުރައްވާފަ އެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރައްވައި މަޤާމާއި ހަވާލުވެވަޑައިގަތް ފަހުން ރައީސުލްޖުމްހޫރިއްޔާ ރައީސް މައުމޫނާއި ބައްދަލުކުރެއްވި މިއީ ފުރަތަމަ ފަހަރެވެ.
ކުރީގެ ރައީސް މައުމޫން ރައީސުލްޖުމްހޫރިއްޔާ އާ ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ