އެމްޑިޕީ ސަރުކާރުން އައްޑޫ މީހުން އަތުން ނެގި ބިންތައް އަންނަ ހަފްތާއިން ފެށިގެން އެފަރާތްތަކާ ހަވާލުކުރަން ފަށާނެކަމަށް ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ހައުސިންގ މިނިސްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވީ އައްޑޫ ކޮންވެންޝަން ސެންޓަރ (އީސީސީ) ސަރަޙައްދުން އެމްޑީޕީ ސަރުކާރުން އައްޑޫ ރައްޔިތުން އަތުން ނެގި ގޯތިތައް އަނބުރާ ހަވާލުކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ނިންމާފައިވާކަމަށާއި އެ ގޯތިތައް އަންނަ ހަފްތާއިން ފެށިގެން އޭގެ ވެރިފަރާތާ ހަވާލުކުރަން ފަށާނެކަމަށެވެ.
Addu Convention Centre sarahahdhun MDP sarukaaruge Addu rayyithun athun vakikuri goathithah anburaa havaalu kuran Raees Yameen nimmavaa, e goathi thah anna hafthaain feshigen havaalu kuran fashaanan IA.— Dr.Mohamed Muizzu (@MMuizzu) June 19, 2018
މިނިސްޓަރ މިހެން ވިދާޅުވެފައިވާއިރު މިދިޔަ ފެބްރުއަރީ މަހު އައްޑޫގައި ޕީޕީއެމްގެ ފަރާތުން ބޭއްވި ޚާއްސަ ޖަލްސާއެއްގައި އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދުވެސް ވަނީ މިކަން ފާހަގަކުރައްވާ ވީހާވެސް އަވަހަށް އެ ގޯތިތައް ވެރިފަރާތްތަކާއި ހަވާލުކުރުމަށް ރައީސް ޔާމީން ނިންމަވާފައިކަމަށް ވިދާޅުވެފައެވެ. ސާކް ސަމިޓް ބޭއްވުމަށް އެމްޑީޕީގެ ސަރުކާރުން އައްޑޫ ރައްޔިތުންގެ އަތުން ގޯތިތައް ނަގާފައިވަނީ އެފަރާތްތަކަށް ގޯތީގެ ބަދަލު ދޭގޮތައް 2011 ވަނަ އަހަރުގައެވެ. އެހެންނަމަވެސް އެ ފަރާތްތަކަށް ބަދަލު ދީފައި ނުވާތީ ބައެއް ފަރާތްތަކުން ވަނީ ކޯޓަށް އެ މައްސަލަ ހުށަހަޅާފައެވެ.އީސީސީ ހަދާފައިވާ ސަރަޙައްދު ތަރައްޤީ ކުރުމުގެ ގޮތުން ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ގެންދަވަނީ އެ ސަރަޙައްދުގައި ޓާޝަރީ ހޮސްޕިޓަލެއް ޤާއިމްކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ. އަދި މި ހޮސްޕިޓަލްގެ މަސައްކަތް ނިންމާ އަންނަ މަހު ހުޅުވުމަށް ދަނީ ތައްޔާރުވަމުން.
އައްޑޫ ރައްޔިތުން އަތުން ނެގި ގޯތި އެފަރާތްތަކާ ހަވާލުކުރަން އަންނަ ހަފްތާގައި ފަށާނެ- ޑރ. މުޢިއްޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ