ގިނަ އިރުތަކަށް ފަހު މާލެ އަށް ކަރަންޓް ދީފި

މާލޭ އިން ކަރަންޓް ކެނޑުނުތާ ގިނަ އިރުތަކެއް ފަހުން ކަރަންޓް ދީފިއެވެ.
މިރޭ މާލެއިން ކަރަންޓް ކެނޑުމަށް ދިމާވީ ސްޓެލްކޯގެ ދެ ޖަނެރޭޓަރަކަށް ދިމާވި މައްސަލައަކާއި ގުޅިގެން އެ ޖަނެރޭޓަރުތައް ނިވުމުންނެވެ. ނަމަވެސް ޖަނަރޭޓަރުތައް ނިމެން ދިމާވި ސަބަބެއް އަދި ސްޓްލްކޯ އިން ހާމައެއް ނުކުރެއެވެ.
މިރޭ ގާތްގަނޑަކަށް 21:00 ޖަހާކަންހާއިރު ކަރަންޓް ކެނޑުމަށްފަހު އަލުން ކަރަންޓްގެ ހިދުމަތް ލިބެން ފެށީ 21:40 ހާއިރެވެ. ނަމަވެސް އަނެއްކާވެސް ކަރަންޓް ލިބުނު ސަރަހައްދުތަކުން ކަރަންޓް ކެނޑުމަށް ފަހު މުޅި މާލެ އަށް އަލުން ކަރަންޓް ދެވުނީ ދެގަޑިއެއްހާއިރު ފަހުން 23:00 ހާއިރުއެވެ.
މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ދިއުމާއި ގުޅިގެން ޓީވީ ސްޓޭޝަންތަކުގެ ހިދުމަތް ކެނޑި ބައެއް މުއާސަލާތީ ހިދުމަތްތަކަށްވެސް ބުރޫ އެރިއެވެ.
މިރޭ ކަރަންޓް ކެނޑުނު ސަރަހައްދު ތަކުގެ ތެރޭގައި މާފަންނާއި ގަލޮޅު އަދި ހެންވޭރުގެ ބައެއް ހިސާބުތައް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ